ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ޅ.ހުރުވަޅި ރިސޯޓަށް ސިފައިން އަރާ ފާސްކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ލިބޭގޮތުގައި އެ ރަށަށް އަރާފައިވަނީ 15 ސިފައިންނެވެ. އެ ރަށަށް އެރުމަށްފަހު ބަލާ ފާސްކުރުމަށްފަހު ސިފައިން ދިޔައީ އެއްވެސް މީހަކާ ސުވާލު ކުރުމެއް ނެތި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ހުރުވަޅި އައިލެންޑް ރިސޯޓަކީ ކާކުގެ ރަށެއްކަން ސާފު ނުވި ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީގެ ކޮރަޕްޝަން ހާމަކުރުމަށް ކަމަށްބުނެ ޕީޕީއެމް އިން ހާމަކުރި ބައެއް މައުލޫމާތު ތަކަށް ބަލާލާއިރު އެ ރަށަކީ "ބޯޑު ސޯރޭ" ކިޔާ މީހަކަށް ދީފައިވާ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް