ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގައި އެހީތެރިވުމަށް އިންޑިއާއިން ނިންމައިފި

ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގައި އިންޑިއާއިން އެހީތެރިވުމަށް ރާއްޖެއާއި އިންޑިއާއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ ހުއްދަ އިންޑިއާގެ ޔޫނިއަން ކެބިނެޓުން އިއްޔެ ދީފި އެވެ. އި...

22 Oct 2015 | 07:08

ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގައި އިންޑިއާއިން އެހީތެރިވުމަށް ރާއްޖެއާއި އިންޑިއާއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ ހުއްދަ އިންޑިއާގެ ޔޫނިއަން ކެބިނެޓުން އިއްޔެ ދީފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި މި ކެބިނެޓުން އިއްޔެ ހުއްދަ ދީފައިވަނީ މައިގަނޑު ދެ އެއްބަސްވުމަކަށެވެ. އެއީ މިސްރާއި އިންޑިއާއާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސް ވުމަކާއި ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތައް ތަހުގީހު ކުރުމުގައި އިންޑިއާއިން އެހީތެރިވުމަށް ރާއްޖެއާއި އެކު އެއްބަސްވުމުގެ ހުއްދަ އެވެ.

ރާއްޖެއާއި އެކު ވެވޭ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށާއި ތަހުގީގު ކުރެވޭ ބޮޑެތި ޖިނާއީ ކުށްތަކާއި ޓެރަރިޒަމްފަދަ ބޮޑެތި ކުށްތައް ތަހުގީގު ކުރުމުގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް