ރައީސް ޔާމިން އދ އަށް ވަޑައިނުގެންނެވީ މީހަކު ހިފަހައްޓައިގެނެއް ނޫން، ކަންނެތްކަމުން: ޝުޖާއު

ރައީސުލްޖުމްހޫރިިއްޔާ ޑރ މުހައްމަދު މުއިއްޒު އދ ގައި ތަގުރީރު ކުރައްވާތީ ކުރީގެ ރައީސް ޔާމިން އެކަމާ ނުރުހޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވެފަ...

22 Sep 2024 | 16:41

ރައީސުލްޖުމްހޫރިިއްޔާ ޑރ މުހައްމަދު މުއިއްޒު އދ ގައި ތަގުރީރު ކުރައްވާތީ ކުރީގެ ރައީސް ޔާމިން އެކަމާ ނުރުހޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

"އދ ގައި ރައީސް ޑރ މުއިއްޒު ތަޤްރީރު ކުރައްވާތީ އާއި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޑރ މުއިއްޒު އދ އަށް ވަޑައިގެންނެވި ހިސާބުން ރައީސް ޔާމިން ލޮލަށް ނިދިނާދޭ. ރައީސް ޔާމިން އދ އަށް ވަޑައިނުގެންނެވީ މީހަކު ހިފަހައްޓައިގެންނެއްނޫނޭ! ކަންނެތްކަމުން." ޝުޖާއު ވިދާޅުވެފައި ވެއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ސަމިޓްގައި ގައުމުތަކުގެ އިސްވެރިން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަގުބަލު ރައްކާތެރިކުރުމަށް މަޝްވަރާކުރެވޭނެއެވެ.

އދ ގައި ކުރިއަށް ގެންދާ މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވުމުގެ އިތުރުން ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ގައުމުތަކުގެ ވެރިންގެ ހިޔާލާއި މަޝްވަރާގެ ބަހުސްތައް ހިނގާ " ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ: ސްޓްރެންތެނިންގ އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދަ ޑިޖިޓަލް ޑިވައިޑް" ސެޝަން ކޯ ޗެއާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް