ލަންކާގެ އިންތިހާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ

ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެނޑިޑޭޓު އަނޫރާ ކުމާރީ ޑިސަނަޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ...

22 Sep 2024 | 14:29

ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެނޑިޑޭޓު އަނޫރާ ކުމާރީ ޑިސަނަޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ލަންކާއާއި ރާއެްޖޭގެ ދެމެދުގައިވާ ގާތް ގުޅުން، ލަންކާގެ ރައީސް އަނޫރާ ކުމާރީ އާއެކު މި ތާރީހީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ލަންކާގެ އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ17.1 މިލިއަން މީހުން ވާއިރު އެ އިންތިހާބަށް ވޯޓުލާފައިވަނީ76 އިންސައްތަ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް