ބީއެމްއެލްއަށް ސީއީއޯއެެއް ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސީއީއެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. ބީއެމްއެލްއަށް ސީއީއޯއެއް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ އެ މަގާމުގައި ހުރި ކާލް ސްޓުމްކް މި މަހުގެ އަށްވަނަ ދުވަހު އ...

22 Sep 2024 | 14:17

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސީއީއެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ބީއެމްއެލްއަށް ސީއީއޯއެއް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ އެ މަގާމުގައި ހުރި ކާލް ސްޓުމްކް މި މަހުގެ އަށްވަނަ ދުވަހު އިސްތިއުފާ ދިނުމުންނެވެ. ކާލް ސްޓުމްކް އިސްތިއުފާ ދީފައިވަނީ ބޭންކުގެ މައްސަލައެެއް ފުލުހުން ބަލަން ފަށާފައި ވަނިކޮށެވެ.

ބީއެމްއެލްގެ ކާޑުތަކަށް ދޫކުރާ ޑޮލަރު ލިމިޓު ކުރަން ނިންމި މައްސަލައާއި ގުޅިގެން އެ މައްސަލަ ހޫނުވެ ފުލުހުން ދަނީ ބީއެމްއެލްއިން ބަގާވާތެއް ކުރި ކަމަށް ބުނެ މައްސަލަ ބަލަމުންނެވެ. އެކަމާއި ގުޅިގެން އަދި ބީއެމްއެލްގެ އެއްވެސް ފަރާތަކަށް ސުވާލު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ފުލުހުން ދަނީ މައުލޫމާތުތައް އެއްކުރަމުންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް