މިހާރު ހިނގަމުންމިދާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މި ދައުރުގައި ގަވާއިދާ ހިލާފުވެގެން މިހާތަނަށް ހަތަރު ހާހަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލެވިފައިވާކަމުގައި އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިހެން ބުނެފައިވަނީ ސަރުކާރަށް 10 މަސް ފުރިފައިވާއިރު 17 ނޮވެމްބަރު 2023 އިން 19 ސެޕްޓެމްބަރ 2024، މި ވީ 10 މަހުގެ ތަފާސް ހިސާބު ހިއްސާކުރަމުންނެވެ.
އެ ތަފާސް ހިސާބަށް ބަލައިލާއިރު އެންމެ ގިނައިން ބިދޭސީން ފޮނުވާލާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ 690 ބިދޭސީންނެވެ. އެއަށްފަހު އެންމެ ގިނައިން ބިދޭސީން ފޮނުވާލާފައިވަނީ މި މަހުގެ ތެރޭގައެވެ. މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް 663 ބިދޭސީއަކު ރާއްޖެއިން ފޮނުވާލެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީން އަތުލައިގަތުމަށް ތަފާތު ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް