ބްރިޖް އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު12:57 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެކްސިޑެންޓުގައި ހިމެނޭ ދެ ފަރާތަކީވެސް ލައިސެންސު އޮންނަ ދެ ފަރާތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް