ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުން އަންނަ ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް ބަންދުކޮށްދޭން ހެލްތު މިނިސްޓްރީ އިން ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިޖާމާ ޖެހުމުގެ ހިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދިފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ފަޒީސް ހިޖާމާ ތެރަޕީ" ރަޖިސްޓްރީކޮށް އޮޕރޭޓިންގ ލައިސަންސް ލިބެންދެން އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ހުއްޓާލުމަށް ހެލްތު މިނިސްޓްރީއިން މި މަހުގެ 11 ވަނަ ދުވަހު އަންގާފައިވެއެވެ.
އެ ޚިދުމަތް ހުއްޓާލުމަށް ފަޒީލާއަށް މިނިސްޓްރީން އަންގާފައިވަނީ އެ ނިސްޓްރީއަށް ލިބެމުންދާ ޝަކުވާ އަށް ބަލާ އޭނާއާއި ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ޚިދުމަތް ދިނުމަށް އެންގުމަށް ފަހުގައި ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް