ކެނެޑާގެ ސިޔާސީ މަޝްރަޙަށް ޗައިނާގެ ނުފޫޒުއޮތް މިންވަރު ފޮރުވަން ޖަސްޓިން މަސައްކަތް ކުރައްވަނީ

ކެނެޑާގެ ސިޔާސީ މަޝްރަޙަށް ޗައިނާގެ ނުފޫޒު ވަދެފައި އޮތް މިންވަރު ފޮރުވަން ކެނެޑާގެ ބޮޑުވަޒީރު  ޖަސްޓިން ޓްރޫޑޯ މަސައްކަތް ކުރައްވަމުން ދާކަމަށް އެ ގައުމުގެ ސިޔާސީ ބޭފުޅުން ތުހުމަތު ކޮށްފިއެވެ. ކެނެޑާ...

22 Sep 2023 | 18:58

ކެނެޑާގެ ސިޔާސީ މަޝްރަޙަށް ޗައިނާގެ ނުފޫޒު ވަދެފައި އޮތް މިންވަރު ފޮރުވަން ކެނެޑާގެ ބޮޑުވަޒީރު  ޖަސްޓިން ޓްރޫޑޯ މަސައްކަތް ކުރައްވަމުން ދާކަމަށް އެ ގައުމުގެ ސިޔާސީ ބޭފުޅުން ތުހުމަތު ކޮށްފިއެވެ.

ކެނެޑާގެ ސިޔާސީ މަސްރަހު ބައްލަވާ އޮބްޒާވަރުން ދެކޭ ގޮތުގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ދާދި ފަހުން ސިކް ޓެރަރިސްޓެއް މަރާލުމުގައި އިންޑިއާގެ ބައިވެރިވުމާ ދެކޮޅަށް ކުރެއްވި ތުހުމަތުތަކަކީ ޗައިނާއާ ގުޅުން އޮތް ކަމުގެ ތަހުގީގަށް އަމިއްލަ ނަފުސާއި ވެރިކަން ކުރާ ލިބަރަލް ޕާޓީ ސަލާމަތް ކުރުމަށް ހިންގާ ޑައިވާޝަނަރީ ޓެކްޓިކަކަށް ވެދާނެ އެވެ. ކެނެޑާގެ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވާކަމަށް ބުނެ ޓްރޫޑޯގެ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލާގައި ޓްރޫޑޯ އަށް ފާޑުކިޔުން ކުރިމަތިވެފައިވާ އިރު، އިންޑިއާއާ ދެކޮޅަށް ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކުރުމަކީ ތަފާތު ހަރަކާތެއްގެ ގޮތުގައި ލޭބަލް ކުރަން ހިތްވަރު ލިބުނު ކަމަށް ކެނެޑާގެ ސިޔާސީ މަސްރަހު ބަލަހައްޓާ އޮބްޒާވަރުން ބުނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ކުރެވޭ ތުހުމަތަކީ ކެނެޑާގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ޕަބްލިކް އިންކުއަރީއަށް ސަމާލުކަން ގެއްލުވާލުމަށް ކެނެޑާގެ ބޮޑުވަޒީރު ގެންގުޅުއްވާ މަކަރުވެރި ރޭވުމެކެވެ.

2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ކެނެޑާގެ އިންތިޚާބަށް ޗައިނާއިން ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓްކުރުމާ ގުޅިގެން ޓްރޫޑޯގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މި އަހަރު ކުރީކޮޅު ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ޓްރޫޑޯގެ ލިބަރަލް ޕާޓީން އިސްތިއުފާ ދެއްވާފައި މިވަނީ ޗައިނާއާ އެކު ޓްރޫޑޯ ކުރެއްވި މުއާމަލާތްތަކާ މެދު މީޑިއާގައި ސުވާލު އުފެދިފައި ވަނިކޮށެވެ. ކެނެޑާގެ މެމްބަރު ހާން ޑޮންގް ވަނީ ލިބަރަލްސް ދޫކޮށް، މިނިވަން މެމްބަރެއްގެ ގޮތުގައި ޕާލަމެންޓުގައި އިންނަވާނީ ޕާޓީއަށް މައްސަލަތަކެއް ކުރިމަތިވިޔަ ނުދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރޫޑޯ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކެނެޑާގެ ސިޔާސީ މައިދާނަށް ޗައިނާގެ ނުފޫޒު ފޯރުވުމަށް ކަމަށާއި އޭގެ ތެރޭގައި ލިބަރަލް ޕާޓީގެ އޮނިގަނޑު ވެސް ހިމެނޭ ކަމަށެވެ. ކެނެޑާގެ އިޤްތިޞާދީ ޙާލަތު މުޅި އަހަރު އިތުރަށް ގޯސްވެ، އަވަސް އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ލީޑަރު ބާރުއަޅުއްވަމުން ގެންދަވަނީ ޓްރޫޑޯގެ ސިޔާސީ މުސްތަޤްބަލަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރައްވަމުންނެވެ.

ކޮންޒަވޭޓިވް ޕާޓީގެ މެމްބަރު މައިކަލް ޗޮންގް އާއި އޭނާގެ އާއިލާއާ ދެކޮޅަށް ބެއިޖިންއިން ކެމްޕެއިނެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރާ އެހެން ރިޕޯޓަކާ ގުޅިގެން ވެސް ގިނަ ބަޔަކު އެކަން ކުށްވެރިކޮށް އޮޓާވާ ވަނީ މި އަހަރުގެ ކުރީކޮޅު ޓޮރޮންޓޯގައި ހުންނަ ޗައިނާގެ ޑިޕްލޮމެޓަކު ބޭރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް