މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު ބޭސްފަރުވާއަށް ފަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އަދީބު ގޮސްފައި ވަނީ އިންގަޕޫރަށެވެ. އޭނާ ފަރުވާ ހޯއްދަވަނީ ނާރުގެ ސީރިއަސް ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ޕާޓީ އެމްޓީޑީއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އޭރު ބުނީ، ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ އަދީބަށް ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް، މެޑިކަލް ބޯޑުގެ ލަފައާއެކު ކަމަށެވެ. އަދި އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އަދީބު މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.
ބޭސްފަރުވާއަށް އަދީބު ގޮސްފައި ވަނީ10 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެދިން ފަހަރު މަތިން އެ މުއްދަތު އިތުރުކޮށްދީފައި ވެއެވެ.
އަދީބުގެ މައްޗަށް ކޮށްފައިވާ ތިން ހުކުންވެސް ބާތިލު ކޮށްފައިވީނަމަވެސް އަދީބު އަދި ހުންނެވީ ގޭބަންދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް