ލާހޯރު ސިޓީ އަކީ ރީތި ސިޓީއެއް ކަމަށް އާންމުންނާއި ޒިޔާރަތްކުރާ މީހުން ވެސް އެއްބަސްވެ އެވެ. ނަމަވެސް ގިނަ ދުވަސްތަކުގައި އެ ރީތިކަން ހޯދުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ސަބަބަކީ ވެހިކަލްތަކުގެ ދުމާއި ސިނާއީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ބޮޑު އޮއިވަރެއްގެ ދަށުގައި އެ ރީތިކަން އޮތުމުންނެވެ. މިރީތި ސިޓީ އަކީ މިހާރު ދުނިޔޭގައި އެންމެ ތަޣައްޔަރުވެފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނިފައިވާ ސިޓީއަކަށް ވުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ.
ބޭނުން ނުވާ މި ޝަރަފު ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވިހަވާ ހިސާބަށް ވައި ތަޣައްޔަރުވުން އިތުރުވުމެވެ.
އިންފްލޭޝަން ބޮޑުވެ، ކަރަންޓު ބިލުބޮޑުވެފައި ވަނިކޮށް، ކާބޯތަކެތީގެ ބާވަތްތައް ގިނަ ބަޔަކަށް ނުލިބޭއިރު، އަގުބޮޑު އެއާ ޕިއުރިފަޔަރ ތައް ރައްޔިތުންނަށް ލިބޭނީ ކިހިނަކުންބާއޭ ހިތަށް އަރައެވެ.
މިދިޔަ އަހަރު ސްވިޒަލޭންޑްގެ އެއާ ޕިއުރިފަޔާ އުފައްދާ ކުންފުންޏަކުން ކޮންމެ އަހަރަކު ކުރި ގްލޯބަލް ސާވޭއަކުން ދައްކާ ގޮތުގައި ލާހޯރު ވަނީ ދިހަ ދަރަޖަ އިގެ ކުރިއެރުމެއް ހޯދައި، އެންމެ ނުރައްކާތެރި ވައި އޮތް ސިޓީތަކުގެ ލިސްޓުގެ އެއް ވަނައަށް އަރައިފަ އެވެ.
ފިނި މޫސުން ކައިރިވަމުން އަންނައިރު، ލާހޯރުގެ ރައްޔިތުން ފޭސް މާސްކާއި އެއާ ޕިއުރިފަޔަރ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަނެއްކާވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ލާހޯރު އަރާނެ ކަމަށް ބެލެވެއެވެ.
ލާހޯރުގެ ވައި ތަޣައްޔަރުވާ އެއް ސަބަބަކީ ފިނި މޫސުމުގެ ވައިގައި ދުމުގެ އަސަރު ކުރުމެވެ. ސްމޯގް އަކީ ގަދަ ދުމާއި ފޮގް އެކުލެވިގެންވާ އެއްޗެކެވެ. ސްމޯގްގެ ސަބަބުން ސިއްޙީ މައްސަލަތައް ހަލުވިކަމާއެކު އިތުރުވެއެވެ- އެސްމާ، އެލާޖީ، ލޮލުގެ އިންފެކްޝަން، ނޭވާލާ ނިޒާމުގެ އިންފެކްޝަންއަދި ކާޑިއެކް ޕެތޮލޮޖީގެ ސަބަބުން ދުވަސްނުފުރާ މަރުވުން ހިމެނެއެވެ.
އަދި މީގެ އިތުރުންވެސް ލާހޯރުގެ ސްކޫލަށް ދާ ކުދިންގެ ލޭގެ ޕްރެޝަރު މަތިވެ، ވައި ތަޣައްޔަރުވާ މިންވަރު މަތިވެފައިވާ ކަމަށް ސުގިސް އެޓް އެލް އިން ވަނީ ބުނެފަ އެވެ. މި އޮބްޒަވޭޝަންތަކުގެ ސަބަބުން އާންމު ސިއްހަތަށް ދިގު މުއްދަތަކަށް ކުރާ ނޭދެވޭ އަސަރުތައް ހާމަކޮށްދެއެވެ.
މީގެ އިތުރުން ދުމުގެ ސަބަބުން ލާހޯރާއި ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅުން ވަނީ ވާޗުއަލްކޮށް ހުއްޓިފަ އެވެ. ފްލައިޓްތައް ލަސްވެ، ހައިވޭތައް ބަންދުވެ، ސިޓީތަކުގެ ތެރޭގައި ވިޒިބިލިޓީ ދަށްވުމާއި، ނޭވާނުލެވޭ ވައި ގެ ސަބަބުން އެއްވެސް ބާވަތެއްގެ އައުޓްޑޯ އެކްޓިވިޓީއެއް ނުކުރެވޭނެ އެވެ.
މިޑްލް އީސްޓް އިންސްޓިޓިއުޓްގެ އިލްމުވެރިއެއް އަދި ޖޯޖްޓައުން އަދި ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޓީޗަރެއް ކަމަށްވާ ސައީދު މުހައްމަދު އަލީ ވިދާޅުވާ ގޮތުގައި ލާހޯރުގެ ވައިގެ ކޮލިޓީ މަޑުމަޑުން ދަށަށް ދާ ސަބަބުތައް ވަރަށް ގިނަ އެވެ. "ވެހިކަލްތަކުން ބޭރުކުރާ ވިހަ ގޭސްތަކާއި ސިނާއީ ތަޣައްޔަރުވުމާއި ފޮސިލް ފިއުލް އިންޖީނުގެތަކާއި ކުނީގެ ބާވަތްތައް އަންދާލުމާއި ޕްރޮވިންސްގެ އެކި ހިސާބުތަކުގައި ފެތުރިފައިވާ އެތައް ހާސް ކޯލް އަންދާލުމަކީ ވެސް މި މައްސަލައިގެ ތެރޭގައި ހިމެނޭ ކަމެއް."
ހިތާމައަކީ ލާހޯރުގެ ނިންމުންތައް ނިންމާ ފަރާތްތަކުން ހަމައެކަނި އަވަސް ފިކްސްތަކަށް ސަމާލުކަން ދޭ ތަން ފެންނާތީ އެވެ. އެއާ ޚިލާފަށް ދިގު މުއްދަތުގެ އޮޕްޝަންތަކާއެކު، އެމީހުންގެ އާބަން މެނޭޖްމަންޓުގެ އެފިޝަންސީ ރަނގަޅުކުރުމަށް ސަމާލުކަން ދީފިނަމަ، ދެމެހެއްޓެނިވި ގޮތެއްގައި ޙައްލުތަކެއް ލިބިގެންދާނެއެވެ. އޭގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު ދަށްވެ، ވެހިކަލްތަކުން ބޭރުކުރާ ވިހަ ގޭސްތައް ވެސް އިތުރުވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް