އެޕަލް އިން ދަނީ އައިފޯނު އުފައްދާ ކުންފުނިތަކަށް ވަގު އައިފޯން 15 ވިއްކުމުގައި ދަތިތަކެއް ކުރިމަތި ކުރުވަމުންނެވެ. އެގޮތުން އާ އައިފޯން 15 ގެ ރީޓެއިލް ފޮށިތަކުގެ އިތުރުން އައިފޯން 15 ޕްރޯގައި ވެސް ޑިވައިސްގެ ސައްހަކަން ސާބިތުކޮށްދޭ އާ ސެކިއުރިޓީ މެކޭނިޒަމެއް މިހާރު ހިމެނެ އެވެ.
މިއީ ކަސްޓަމަރުން ގަންނަ އައިފޯން 15 ޔުނިޓަކީ އަސްލު އަދި ސައްހަ ޔުނިޓެއްތޯ ބެލުމަށް ކަސްޓަމަރުންނަށް އެހީތެރިވެދޭނެ އާ އަލްޓްރާވައިލެޓް ލައިޓް ބޭސްޑް މެކޭނިޒަމް އެކެވެ.
މިއީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށާއި އެއީ އައިފޯން ހިމެނޭ ގޮތަށް އެޕަލް ޑިވައިސްތަކާ ގުޅޭ ބޮޑެތި ހިޔާނާތްތައް ހިނގާތީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް އެޕަލްއިން ބުނެއެވެ. މިއީ ފުލްޕްރޫފް މެތަޑެއްކަން ނުވަތަ ނޫންކަން މިވަގުތު ސާފް ނުވި ނަމަވެސް އެޕަލް އިން ނިންމީ އާ ސެކިއުރިޓީ މެކޭނިޒަމްއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.
އައިފޯން 15 ފޮށިތަކުގައި ފޮރުވިފައިވާ އާ ލޭބަލްތަކެއް
އައިފޯން 15 ރީޓެއިލް ބޮކްސްގައި އަލަށް ތައާރަފުކުރާ ޔޫވީ ލޭބަލްތައް މަސައްކަތް ކުރާ ގޮތް ދައްކުވައިދިނުމަށް މީހަކު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވީޑިއޯއެއް ޕޯސްޓްކޮށްފަ އެވެ. އެވީޑިއޯއިން ފެންނަ ގޮފޮށިތަކުގައި ހޮލޯގްރާމް ހުންނައިރު، ޔޫވީ ލައިޓަކާ ދެކޮޅަށް ހިފަހައްޓައިފިނަމަ އަލިވެއެވެ.
އޭގެއިތުރުން، އާ އައިފޯން 15 ގަންނައިރު ކަސްޓަމަރުންގެ ހިތަށް އިތުރު ހަމަޖެހުމެއް ހޯދައިދިނުމުގެ ގޮތުން ކިއުއާރް ކޯޑް ފަދަ މިހާރު ހުރި ސެކިއުރިޓީ މެކޭނިޒަމްތަކުގެ އިތުރުން މި ހޮލޯގްރާމްތައް ޕްރިންޓް ކުރެ އެވެ. މިއީ ވަރަށް ބޮޑަށް އިހުމާލުވުމުގެ ފުރުސަތު އޮތް ކުޑަ ތަފްސީލެއް ނަމަވެސް ގަންނަ އައިފޯން 15 ޔުނިޓަކީ އަސްލު ޔުނިޓެއްތޯ ނުވަތަ ނޫންތޯ ކަންބޮޑުވާ ނަމަ އެ ޔުނިޓް ހިފައިގެން އަތްވަށް ނުކުމެލާށެވެ. އޭރުން ވަރަށް ފަސޭހައިން ޗެކްކޮށްލެވޭނެއެވެ.
އަނެއްކޮޅުން އައިފޯން 15 ފޮށިތަކުގައި ޔޫވީ ލައިޓް ބޭސްޑް މެކޭނިޒަމް ނަކަލު ކުރުމަކީ ފޭކް ފޯނު ވިއްކާ ފަރާތްތަކަށް ކޮށްދެވޭ ފަސޭހައަކަށްވެސް ވެދާނެއެވެ.
މިސާލަކަށް ބައެއް ވިއްކާ ފަރާތްތަކުން ބޭނުންކުރާ ނުވަތަ މަރާމާތުކުރާ އައިފޯން ޑިވައިސްތައް އާ ރީޓެއިލް ފޮށިތަކުގައި ޕެކްކޮށް، އެއީ ފޭކް ފޯނުތަކެއް ނަމަވެސް އަސްލު ޑިވައިސްތަކާ އެއްގޮތް ފޮށިތަކެއްގައި ހުރުމުން ގަންނަ މީހާއަށް އޮޅުވާލަން ފަސޭހަވެދާނެއެވެ.
އެހެން އެގޮތަށް ދިމާވެދާނެތީ އާ ހޮލޯގްރާމްފިޔަވައި އެޕަލް އިން އަސްލު ޕްރޮޑަކްޓެއްތޯ ބެލޭނެ އެހެން ގޮތްތަކެއް ވެސް އެބަހުއްޓެވެ.
އައިފޯނަކީ ފޭކު ނޫން އަސްލު ފޯނެއްތޯ ބަލާނެ ގޮތް
ގަންނަ އައިފޯނަކީފޭކު ނޫން ފޯނެއްތޯ އާއި ފޭކް ފޯނެއްތޯ ބެލޭނެ ތަފާތު ގޮތްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ސްޕެލިން މިސްޓޭކްތަކެއް ހުރިތޯ ރީޓެއިލް ބޮކްސް ރަނގަޅަށް ޗެކްކުރުމާއި، އެޕަލް ފޮންޓާއި ކުލަ އަށް އަންނަ ބަދަލާއި، މިސްޕްރިންޓް ކޮށްފައިވާ ތަފްސީލުތައް ވޭތޯ ރަނގަޅަށް ބެލުން.
- ފިހާރައިގެ ނުވަތަ އެހެން ތަނަކުން ނަމަވެސް އިތުރު ދެ ރީޓެއިލް ފޮށި ޗެކްކޮށް އެކަތި އަނެކައްޗާ އަޅާކިޔުމުން އެއްވެސް ކަހަލަ ތަފާތުކަމެއް ހުރިތޯ ބެލުން.
- ކުރެވެން އޮތް ނަމަ، އައިފޯން 15 ވިއްކާ ފަރާތުގެ ކުރިމަތީގައި އަންބޮކްސް ކޮށްލާށެވެ. އެ ޑިވައިސްގެ އައިއެމްއީއައި އާއި ސީރިއަލް ނަމްބަރާއި ފޮށީގައި ޕްރިންޓްކޮށްފައިވާ އެއްޗަކާ އެއްގޮތް ވާނަމަ ޑިވައިސް ގަންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް