ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބުކޮށްފިނަމަ ގައުމު ޤަރަގުވެގެންދާނީ ފުން ކަނޑަކަށް ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އިމްރާން ވިދާޅުވެފައިވަނީ މި އިންތިހާބު ޑރ. މުއިއްޒު ކާމިޔާބުކޮށްފިނަމަ ޤައުމު ހިތާމައިގެ ފުން ކަނޑަކަށް ޤަރަގުވުމުގެ ފުރުސަތު އެތައް ގޮތަކުން ބޮޑު ކަމަށާއި ހުރިހާ ބޭފުޅުން ނިކުންނަވާ ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދިލައްވާކަމަށެވެ.
އަދާލަތު ޕާޓީއަކީ މިހާރު މި އޮތް ސަރުކާރުގެ ކޯލީޝަން ޕާޓްނަރެކެވެ. އަދި މި ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީގެ ކޯލީޝަން ޕާޓްނަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް