ބޭނުންވާތަކެތި
- 1 ބަނަސް ( ބާރގަރ ބަނަސް)
- 1/2 ސައިސަމުސާ މުގުރި އަސޭމިރުސް
- 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
- 3 އިންޗި 3 އިންޗީގެ 1 ރޯ ކަންނެލި މަސް ފޮތި ( ތުނިކޮށްފޮތިކޮށްފައި އޮތް)
- 1/2 މޭޭޒުމަތީ ސަމުސާ ފިޝްސޯސް
- 2 ފޮތި ޓޯމާޓޯ
- 1ލެޓިއުސް ފަތްކޮޅު ( ބަނަހުގެ ސައިޒަށް ނަގާފައި އޮތް )
- ލޮނުކޮޅެއް
- ސޯސް ގަނޑަށް
- 2 މޭޒުމަތީ ސަމުސާ ޗިލީ އެން ގާރލިކް ސޯސް
- 1 މޭޒުމަތީ ސަމުސާ މެޔޮނައިސް
- 1 ސައި ސަމުސާ ބަޓަރ
- 1 ސައި ސަމުސާ ގާނާފައި ހުރި ޗީޒް ޗެޑަރ
- ވަރަށް ކުޑަ އަސޭމިރުސް ކޮޅެއް
- ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ސޯގަނޑަށް ބޭނުންވާ ބާވަތްތައް އެއްކޮށް ރަނގަޅަށް އޮމާން ވަންދެން ގިރާލާގައި ބަހައްޓާށެވެ.
އަސޭމިރުސްކޮޅާއި ހުތް، ލޮނު އަދި ސޯޔާ ސޯސް އެއްކޮށް މަސްފޮތީގެ ދެފުށުގައި ހާކާފައި 15 މިނިޓް ވަންދެން ބޭއްވުމަށްފަހު ގްރިލް ކޮށްލާށެވެ.
ނުވަތަ ތަވާގައި ދެފުށް ދެފުށަށްޖަހަމުން ފިހެލާށެވެ.
ބަނަސް މުޅިން ވަކިނުވާގޮތަށް މެދުން ދެފަޅިކޮށްލާށެވެ.
ބަނަހުގެ އެތެރެ ފަރާތުގައިތައްޔާރުކުރި ސޯސްކޮޅުން ސޯސް ކޮޅެއް ހާކާލާފައި ލެޓިއުސް ފަތް ކޮޅު ބާއްވާފައި ޓޮމާޓޯފޮތިތައް އަތުރާލާފައި މަސްފޮތި ބާއްވާށެވެ.
މަސްފޮތީގެ މައްޗަށް ވެސް ސޯސްކޮޅު އަޅާލާފައި އަނެއްބަނަސް ފަޅި ތަތްކޮށްލާށެވެ.
މިބަނަހުގެ ތެރެއަށްލާމަސްފޮތި ފިހާއިރު ތަވާގައި ތެޔޮ ހޭކުމުގެ ބަދަލުގައި ކުޑަފެންފޮދެއް އަޅައިގެން މަސްފޮތި ރޯފިލުވާލެވިފާނެއެވެ.
ރެސިޕީ: ޖުވޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް