އިނގިރޭސިވިލާތާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ: ތެރީސާ ވިލިއާސް

އިނގިރޭސިވިލާތާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށް އިނގިރޭސި ވިލާތުގެ މެމްބަރު ތެރީސާ ވިލިއާސް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އިންޑޯ ޕެސިފިކް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫ...

22 Sep 2023 | 00:48

އިނގިރޭސިވިލާތާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށް އިނގިރޭސި ވިލާތުގެ މެމްބަރު ތެރީސާ ވިލިއާސް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިންޑޯ ޕެސިފިކް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕް (އޭޕީޕީޖީ) އިން އިނގިރޭސި ވިލާތުގެ ޕާލަމެންޓުގައި ބޭއްވި "އިންޑޯ ޕެސިފިކް ޑައިލޮގް: ޖައްމޫ ކަޝްމީރު 2019 އެންޑް ބިޔޯންޑް އިވެންޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާވިދާޅުވީ އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނަށް ޗައިނާގެ ނުފޫޒު އިތުރުވަމުންދާކަމަށާއި، ގްލޯބަލް ސައުތުގެ ކައުންޓަރ ބެލެންސްގެ ބޭނުންތެރިކަމާއި ބެހޭގޮތުންވެސް މެމްބަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ހަރަކާތުގެ ކީނޯޓް ސްޕީކަރުންގެ ތެރޭގައި ލަންޑަން ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (އެސްއޯއޭއެސް) ގެ އެފިލިއޭޓް ޖޯޖްޓައުން ޔުނިވާސިޓީގެ ޕްރޮފެސަރު ކްރިސްޓީން ފެއާ ހިމެނެ އެވެ.

މި ހަރަކާތުގައި އެމްޕީ އަދި ހޯސްޓް ބޮބް ބްލެކްމަން އާއި ތެރީސާ ވިލިއާސްގެ އިތުރުން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޕާކިސްތާނުގެ މެމްބަރު ބުރުޒީން ވަގްމާރު ވަނީ ޕާކިސްތާނުން ކަޝްމީރު (ޕީއޯކޭ) ގެ ބައެއް ގަވައިދާ ހިލާފަށް ހިފުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައި، އެފްރިކަން ޔޫނިއަން ޖީ-20 ގައި ހިމެނުމަށް ވެސް ބާރު އަޅުއްވާފަ އެވެ. ބަގްމާރު ފާހަގަކުރެއްވި ގޮތުގައި އެފްރިކާއަކީ ހަމައެކަނި ވިޔަފާރީގެ ގޮތުންނާއި ދިފާއީ ބޭނުންތަކަށް އެފްރިކާ ބޭނުންކުރާ ޗައިނާއާ ހިލާފަށް ޖީ20ގައި އެފްރިކަން ޔޫނިއަން ހިމެނުމަށް މަގުފަހިކޮށްދީ، ލީޑިން ޑިމޮކްރަސީއެއްގެ ގޮތުގައި އިންޑިއާ އިން ލީޑަޝިޕް ދައްކާފައިވާ ކަމަށެވެ.

އެމްޕީ ބޮބް ބްލެކްމަން ވަނީ އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖީ-20 ކާމިޔާބުވުމުން މޯދީއަށް މަރުހަބާ ވިދާޅުވިއެވެ. އަދި ދެ ސަރުކާރެއްގެ މެދުގައި ގާތުން މަސައްކަތް ކުރާ ހަރުކަށި ފިކުރުގެ ޚާލިސްތާނީ ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބްލެކްމަން "އެކްސް" ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ @APPGIndoPacific ގުޅިގެން އިއްޔެ ޕާލަމެންޓުގައި ބޭއްވި #JammuAndKashmir ބިޔޯންޑް 2019 އިވެންޓް ސްޕޮންސާ ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކްރިސްޓީން ފެއާގެ ވާހަކައަކީ ޕާކިސްތާނުން ކަޝްމީރަށް ނުފޫޒު ފޯރުވާ ވާހަކަ އެވެ.

މި ހަރަކާތުގައި އިނގިރޭސިވިލާތުގެ އެކި ޔުނިވާސިޓީތަކުގެ ކޮމިއުނިޓީ މެމްބަރުންނާއި ދަރިވަރުން ބައިވެރިވެފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ދިއްލީގައި ބޭއްވި ޖީ-20 ސަމިޓް ކާމިޔާބު ނިންމުމަކަށް އައިސްފައިވާއިރު، ދުނިޔޭގެ މަޝްހޫރު ގިނަ ލީޑަރުންތަކެއް ވެސް ވަނީ އެ ސަމިޓުގެ ހަވާސާގައި ބައިލެޓަރަލް ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މި ސަމިޓުގެ ސަބަބުން ޖީ-20 ގެ މެމްބަރު ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން އާއި ދާދި ފަހުން އުފެދުނު އެފްރިކަން ޔޫނިއަންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ފުޅާ އޮނިގަނޑެއް އެކުލަވައިލެވުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް