އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7000ށް ބޮޑުކޮށްފި

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް7000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ، ރައީސް އެކަން އިއުލާނު ކޮށްފައި ވަނީ އެމްޑީޕީއިން މާލޭގައި ހުންނަ ހުވަދޫ ޖަގަހައ...

21 Sep 2023 | 20:20

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް7000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ،

ރައީސް އެކަން އިއުލާނު ކޮށްފައި ވަނީ އެމްޑީޕީއިން މާލޭގައި ހުންނަ ހުވަދޫ ޖަގަހައިގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރޓަޔާ ކުރާ އުމުރު70 އަހަރަށް ހަދައިދޭނެ ކަމަށާއި، އެހެންކަމުން65 އަހަރު ވުމުން ރިޓަޔާ ވާނީ އެމީހެއް ބޭނުންވެގެން ކަމަށެވެ.

ރިޔާސީ ކެމްޕޭން ތެރެއިން ލިބިވަޑައިގެންނެވި އެއް ޝަކުވާ އަކީ، އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ކުޑަ ކަމުގެ ޝަކުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިހާރު ލިބޭ ފައިސާއިން އެކޮޅު ނުޖެހޭކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރޭ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސްއެއްގެ ގޮތުގައި މިހާރު ދެމުން އަންނަނީ5000 ރުފިޔާއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސްއެއް ދޭން ފުރަތަމަ ފަށާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު އެލަވަންސްގެ ގޮތުގައި ދިނީ2000 ރުފިޔާއެވެ. އޭގެ ފަހުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ އެލަވްނަސް5000 ރުފިޔާއަށް ބޮޑުކުރިއެވެ.

މި ސަރުކާރުން އެ އެލަވަންސް ބޮޑު ކުރުމާއެކު ދެން އުމުރުން ދުވަސްވީ މީހުންނަށް، އެލަވަންސްގެ ގޮތުގައި މަހަކު7000 ރުފިޔާ ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް