އުރީދޫ އިން އެންމެ ފަހުގެ އައިފޯނު ޕްރީއޯޑަރަށް ހުޅުވާލައިފި، ހުކުރު ދުވަހު އަތަށް ލިބޭނެ!

ހިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯން ލައިންއަޕް – އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސް އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑަރއ...

21 Sep 2023 | 19:22

ހިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯން ލައިންއަޕް – އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސް އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑަރއަށް މިއަދު ހުޅުވާލައިފިއެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެނެވެ.

އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ.

ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި  އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެ އެވެ.

އައިފޯންގެ މި އާ ލައިނަޕް ގެ ފޯނުތަކަށް މިއަދުން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރެވޭނެއެވެ. ޕްރީ އޯރޑަރ ކުރާ ކަސްޓަމަރުންނަށް، މި މަހުގެ 29 ވާ ހުކުރު ދުވަހުން  ފޯނު ހަވާލުކުރެވޭނެކަމަށް ވެސް އުރީދޫ މޯލްޑިވްސް އިން ބުނެފައިވެއެވެ.

ޕްރީ އޯޑަރ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރ ކުރައްވާ ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު ހޯއްދެއްވުމަށް އަދި ޕްރީއޯޑަރ ކޮށްލުމަށް  https://mool.ee/iPhone15ޒިޔާރާތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް