މެޑަމް ފަޒްނާގެ ޝުކުރު، ހުޅުމާލެއިން މަރުހަބާކީ ޖޭޕީ އަންހެނުންނަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހުމަދު ހުޅުމާލެއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވި ޖުމްހޫރީ ޕާޓީގެ އަންހެނުންނަށް އެކަމަނާ ޝުކުރު އަދާކޮށްފިއެވެ. ފަޒްނާ ވިދ...

21 Sep 2023 | 19:10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހުމަދު ހުޅުމާލެއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވި ޖުމްހޫރީ ޕާޓީގެ އަންހެނުންނަށް އެކަމަނާ ޝުކުރު އަދާކޮށްފިއެވެ.

ފަޒްނާ ވިދާޅުވީ، އާދީއްތަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެމްޕޭން ކުރުމަށްފަހު ފުރަތަމަ ފިޔަވައްސަށް ދިއުމުން ޖޭޕީގެ އަންހެނުން އެކަމަނާއަށް މަރުހަބާ ކިޔާފައި ވާކަމަަށެވެ.

އޭރު ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެމުން ދިޔަކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، ޖޭޕީގެ އަންހެނުން ކީ މަރުހަބާއަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބު ލިބުމާއެކު ޖޭޕީއިން ނިންމާފައި ވަނީ ދެވަނަ ބުރުގައި ވަކި ބަޔަކަށް ތާއީދު ނުކޮށް ތިބޭށެވެ.

ނަމަވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ޕާޓީން އެގޮތަށް ނިންމާފައިވީނަމަވެސް ވަކިވަކި މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އިހްތިޔާރު އޮންނާނެ ކަމަށެވެ.

“ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް އަޅުގަނޑަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީމެވެ.” ގާސިމް ވިދާޅުވެފައިވެއެވެ.

އެގޮތުން ޖޭޕީގެ ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް ތާއީދު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް