ފުރަން ގޮސް ބޮމެއް އޮތްކަމަށްބުނި މައްސަލައެއްގައި ދޮށީ އުމުރުގެ ދެ ދިވެއްސަކު ހައްޔަރުކޮށްފި

ފުރަން އެއާޕޯޓަށްގޮސް ބޮމެއް އޮތްކަމަށްބުނި މައްސަލައެއްގައި ދޮށީ އުމުރުގެ ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީޑިއ...

22 Sep 2022 | 14:32

ފުރަން އެއާޕޯޓަށްގޮސް ބޮމެއް އޮތްކަމަށްބުނި މައްސަލައެއްގައި ދޮށީ އުމުރުގެ ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށްބުނި މައްސަލައެއް މިއަދު ހަވީރު 05:25 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

"މި މައުލޫމާތު ލިބުމުން ފުލުހުން ވަނީ އެމްއެންޑީއެފްއަށް މައުލޫމާތު ހިއްސާކޮށްފައި، އެމްއެންޑީއެފުން އެމީހުން ގެންގުޅުނުތަކެތި ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް