އިންޑިއާގެ މިހާރު އެންމެ އަގުބޮޑު ޓީވީ ތަރިންގެ ލިސްޓަށް ވަރަށް ޒުވާން ތަރިންތަކެއް އިތުރު ވެއްޖެ އެވެ.
އެ ލިސްޓުގައި މީގެ ކުރިންވެސް ކުރީގައި އުޅޭ ތަރިންގެ ތެރޭގައި "ނާގިން 6" ގެ ތަރި ތެޖަސްވީ ޕްރަކާޝް އާއި "އަނޫޕަމާ" ގެ ތަރި ރުޕާލީ ގަންގުލީ ހިމެނެ އެވެ.
މިފަހުން ލިސްޓަށް އައި ބަދަލާއި އެކު އެ ލިސްޓަށް ވަނީ ސްޓާ ޕްލަސްއިން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިޔާރް މެއިން" ގެ އެއް ލީޑް އެކްޓްރެސް އައިޝާ ސިންގް (ސައި) ގެ ނަން އަރާފަ އެވެ. ރިޕޯތުތައް ބުނާގޮތުގައި ސައި މިހާރު އެ ސިލްސިލާގެ އެޕިސޯޑެއް ކުޅެދެނީ 80،000 ރުޕީސް އަށެވެ.
ސްޓާޕްލަސްގެ ސިލްސިލާ "އިމްލީ" ގެ ލީޑް އެކްޓްރެސް ސުމްބުލް ތައުކީރު (އިމްލީ) ވެސް އެންމެ ފަހުން އެ ސިލްސިލާގެ އެޕިސޯޑެއް ކުޅެދިނީ 80،000 ރުޕީސް އަށެވެ. ހިތާމައަކީ މިހާރު އޭނާ އެ ސިލްސިލާ ދޫކޮށްލާފައިވުމެވެ.
ދެން އެންމެ އަގުބޮޑު ޓީވީ ތަރިންގެ ތެރޭގައި ހިމެނެނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ ލީޑް ރޯލު މިހާރު ކުޅެމުން އަންނަ ޕްރަނާލީ މާތޯރް (އަކްޝަރާ) އެވެ. އޭނާ އެ ސިލްސިލާގެ އެޕިސޯޑެއް ކުޅެދެނީ 40،000 ރުޕީސް އަށެވެ.
މި ތަރިންގެ ފީ ބޮޑުކޮށްދޭން މަޖުބޫރުވަނީ އާންމުންގެ މެދުގައި އެމީހުންގެ މަގުބޫލުކަން އިތުރުވެ، އެ ތަރިން އުޅޭތީ ސިލްސިލާ ބަލާ މީހުން އިތުރުވާތީ އެވެ.
އަގުބޮޑު ޓީވީ ތަރިންގެ ލިސްޓުގައި ކުރީގައި އުޅޭ ތެޖަސްވީ "ނާގިން 6" ގެ އެޕިސޯޑެއް ކުޅެދެނީ ދެ ލައްކަ އިންޑިއަން ރުޕީސް އަށެވެ. އަދި "އަނޫޕަމާ" ގެ އެޕިސޯޑެއް ރުޕާލީ ކުޅެދެނީ 1.5 ލައްކަ ރުޕީސްއަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް