ހއ. ވައިކަރަދޫގައި ހުންނަ ހދ.އަތޮޅު މަދަރުސާގެ ކްލާސް ރޫމްތަކެއްގެ ނުނިމި ހުރި މަސައްކަތްތަކެއް ނިންމަން ބަޔަކާއި ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އެ ކުންފުނީގެ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޢަލީ ޢިޔާން އެވެ.
މި އެއްބަސްވުމުގެ ދަށުން މަސައްކަތް ނުނިމި ހުރި12 ކްލާސް ރޫމްގެ މަސައްކަތް އެއްކޮށް ނިންމާލަން ޖެހެ އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 8.9 މިލިއަން ރުފިޔާ އަށެވެ.
މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.
މި މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް