އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ތިން ކުންފުންޏަކަށް ދީފިއެވެ.
މި ހުއްދަ އިތުރު ތިން ކުންފުންޏަކަށް ދިންކަން އިސްލާމިކް މިނިސްޓްރީން ހާމަކުރީ މިއަދު ކޮށްފައިވާ އިއުލާނެއްގައެވެ.
މި ހުއްދަ ދޫކުރި ތިން ކުންފުނި:-
- މަހަލްދީބް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް
- ރައުޟާ ލިލްޙައްޖި އަލް އުމްރާ ޕްރައިވެޓް ލިމިޓެޑް
- ޠާބިތު ލިލް ޙައްޖު ވަލް އުމްރާ ޕްރައިވެޓް ލިމިޓެޑް
މި ކުންފުނިތަކުގެ އިތުރުން، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮންނަ ކުންފުނިތަކުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވެއެވެ. އެ ލިސްޓުގައިވާގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ދީފައިވާ ކުންފުނިތަކުގެ އަދަދު މިހާރު މިވަނީ 43 އަށް އަރާފައެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއިބެހޭ އުސޫލުގެ ހަތަރުވަނަ މާއްދާގެ (ށ)ގައިވާގޮތުގެ މަތިން މި ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް