ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ބަރަހަނާވަމުންދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ޔާޔާ ޖަލަށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރީ ދައުވާއަށް އޭނާ އިންކާރުކުރިނަމަވެސް ސާބިތުވާވަރަށް ހެކި ހުރުމުންނެވެ.
ޔާޔާގެ މައްޗަށް ދައުލަތުން އުފުލީ އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.
މި ދެ ދައުވާވެސް ނަބީލްގެ މައްޗަށް ސާބިތުކަމަށް ކަނޑައަޅައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އިއްވީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް