އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ އެއް އަހަށް ޖަލަށް

ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ފުލުންގެ ޑ...

22 Sep 2022 | 08:58

ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ފުލުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގައި މަސައްކަތްކުރަމުންދިޔަ ފުލުހެއްކަމަށްވާ އަބްދުއްރަހްމާން ރަފީއު ވަނީ އޭނާ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައެވެ.

މި މައްސަލައިގާ އޭނާ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް މި މައްސަލައާއި ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް