ނޫހަކުން ޖަހާފައިވާ ހަބަރެއް ނަގަން މަޖިލީހަކަށް ނޭންގޭނެ: އެމްޖޭއޭ

ނޫހަކުން ޖަހާ ޖަހާފައިވާ ހަބަރެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނޭންގޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ. އެ ޖަމިއްޔާއިން މިހެން ބުނީ އިއްޔެ ބޭއްވި ރައްޔިތުންގެ ...

22 Sep 2022 | 08:23

ނޫހަކުން ޖަހާ ޖަހާފައިވާ ހަބަރެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނޭންގޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން މިހެން ބުނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގެ ހަބަރު ބައެއް ނޫސްތަކުން ޖެހުމުން އެ ހަބަރު ނަގަން އެންގުމުންނެވެ. އެ މައުލޫމާތު ނޫސްތަކަށް ލިބުނީ މަޖިލީހުގެ އިދާރާއަށް އޮޅިގެން އެތަނުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރުމުންނެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާުނގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން ސިއްރު ކޮމެޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތު ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އެހެން ކަމުން ނޫސްތަކުގައި ޖެހި އެ ހަބަރު ނެގުމަށް މަޖިލީހުގެ އިދާރާ އަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް ގަބޫލެއް ނުކުރާކަމަށެވެ.

އެމްޖޭއޭއިން ބުނީ އޭގެ ބަދަލުގައި ނޫހެއްގެ ކޮންޓެންޓާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތް ނަމަ އެކަމެއް ހުށަހަޅަން ޖެހޭނީ މީޑިއާ ކައުންސިލަށް ކަމަށެވެ.

މަޖިލީހުގެ އެ ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް