އއ. ތޮއްޑޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ތިން މީހަކަށް އަނިޔާ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ 37 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފުރަތަމަ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެގޭގައި ދިރިއުޅޭ އަންހެނަކަށް ކަމަށެވެ. އެމައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން އެމީހާ އެގެއިން ނުކުންނަން އެންގުމުން އޭނާ ކުޑަކުއްޖަކަށް އަނިޔާ ކުރި ކަމުގެ ރިޕޯޓު ކުރި ކަމަށެވެ.
އެ ފިރިހެން މީހާ ހަމަލާދިން ފުލުހަކީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެގެއަށް ދިޔަ ފުލުހުންގެ ތެރެއިން މީހެކެވެ. އެމީހާ ފުލުހުންނަށް އިންޒާރު ދީ މާރާމާރީ ހިންގުމުގެ ސަބަބުން އެ ފުލުސް މީހާއަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް