މިހާރު ފާހަގަ ކުރަމުންދާ އަވައްޓެރި ފުލުހުންގެ ހަފްތާ އާއި ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.
ފުލުހުން ބުނީ މި ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު4:00 ން6:00 އަށް ކަމަށެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި އެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ގިނަ ކުޅިވަރުތަކެއް ކުރިޔަށް ގެންދަން ހަމަޖެހިފައިވެ އެވެ.
އޭގެ ތެރޭގައި ގަންޝޫޓް، ފަޔަރިން ރޭންޖް، ވޯލް ކްލައިންބިން، ޕެއިންޓިން އަދި ކޯން ލިންގް ޓޮސް އަދި ޕަޒްލްސް ފަދަ ކުޅިވަރުތައް ހިމެނޭނެ އެވެ.
ފުލުހުން ދަނީ އަވައްޓެރި ފުލުހުންގެ ހަފްތާ ފާހަގަ ކުރަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އާންމު ރައްޔިތުންގެ ގޭގެއަށާއި މައިޒާންތަކަށް ޒިޔާރަތް ކޮށް ރައްޔިތުންނާއި އެކު ދަނީ ވަގުތު ހޭދަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް