2022 ވަނަ އަހަރުގެ "ބެސްޓް ސްކޯރާ އެވޯޑް" ރޮނާލްޑޯ އަށް

ޕޯޗުގަލް ގައުމީޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ދޭ ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެސްޓް ސްކޯރާ އެވޯޑް ޕޯޗުގަލް ގައުމީޓީމުގެ ކެޕްޓަން އަދި މެންޗ...

22 Sep 2022 | 04:35

ޕޯޗުގަލް ގައުމީޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ދޭ ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެސްޓް ސްކޯރާ އެވޯޑް ޕޯޗުގަލް ގައުމީޓީމުގެ ކެޕްޓަން އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ބާއްވާ އަހަރީ އެވޯޑް ހަފްލާގައި، މިއަހަރު ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ އެންމެ ޝަރަފުވެރި އިނާމު ރޮނާލްޑޯއަށް ލިބިފައިވަނީ އޭނާއަކީ ޕޯޗުގަލް ގައުމީޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވުމުންނެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ގައުމީޓީމަށް ކުޅެދިން 189 މެޗުގައި 117 ލަނޑު ޖަހައިދީފައެވެ.

މީގެ އިތުރުން ރޮނާލްޑޯ ވަނީ އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ޕޯޗުގަލް ގައުމީޓީމާއި އެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން މި އަހަރުގެ ފީފާ ވޯލްޑްކަޕަށް ޕޯޗުގަލް ކޮލިފައި ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ އެންމެ ޝަރަފުވެރި އެވޯޑް ލިބުމާއި އެކު ރޮނާލްޑޯ ވަނީ އެކަމާއި ގުޅުވައިގެން އޭނާގެ އިހުސާސްތައް މީޑިއާގައި ބަންޑުން ކޮށްލާފައެވެ. އެގޮތުން މި އެވޯޑަށް ފަހު މި ހަފްލާގައި ވާހަކަ ދައްކަމުން

ރޮނާލްޑޯ ބުނީ މިފަދަ އަގު ހުރި އެވޯޑެއް ކެރިއަރުގައި ލިބުމަކީ ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން މިފަދަ އެވޯޑަކަށް އުންމީދުވެސް ކޮށްފައި ނުވާކަމަށާއި މި އެވޯޑް ލިބުމުން ވަރަށް ސަޕްރައިޒްވި ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި މި އެވޯޑް ލިބުމުން ފަޙުރުވެރިވާކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންސްޓަގްރާމުގައި އާންމު ކުރި މެސެޖެއްގައި ރޮނާލްޑޯ ބުނީ ޕޯޗުގަލް އަކީ އެންމެ ލޯބިއާ އުފަން ގައުމު ކަމަށާއި އަދި ގައުމަށް ފުޓްބޯޅައިން ރީތި ނަން ހޯދައި ދިނުމަކީ އަބަދުވެސް ބޭނުންވާ ގޮތް ކަމަށެވެ. އަދި ޕޯޗުގަލްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިގެން ލިބުނު އެވޯޑާއި މެދު ވަރަށް ބޮޑަށް ފަޙުރުވެރިވާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

އަދި މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާއަށް މި ބޮޑު ކާމިޔާބީ ހާސިލް ކުރުމަށް އެހީތެރިވެދިން ޓީމުގެ ހުރިހާ މެމްބަރުންނާއި އަދި ކޯޗުންގެ އިތުރުން ހުރިހާ ރައްޓެހިންނާއި އާއިލާ މެމްބަރުން އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

"އަހަރެން އެންމެ ލޯބިވާ ގައުމަށް އެންމެ ގިނަ ގޯލުޖަހައިގެން އެވޯޑް ލިބުމުން ފަޚުރުވެރިވޭ! މިއީ އަހަރެންގެ ކެރިއަރުގައި މުހިންމު އެވޯޑެއް. މި ބޮޑު ކާމިޔާބީ ހާސިލް ކުރުމަށް އެހީތެރިވި ހުރިހާ ޓީމް މެމްބަރުންނާއި ކޯޗުންނާއި އާއިލާ އާއި ރައްޓެހިން އަދި ހުރިހާ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކުރަން! އަދިވެސް މިހުރީ ތިޔަފަރާތްތަކާއި އެކު އިތުރު އެވޯޑްތަކެއް ހޯދުމުގެ އުންމީދުގައި ހިތްވަރާއި އެކު ކުރިޔަށް ދާން. ޝުކުރިއްޔާ". ރޮނާލްޑޯ އިންސްޓަގްރާމް ގައި ކުރި މެސެޖުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް