ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެކީގައި ކަމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ސޯސަލްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"ޔޫ އާރ ފްރަމް ގާސިމްސް ޕާޓީ، ޔޫއާރ ވެރީ ކްލޯޒް ޓު ރައީސް ސޯލިހް އެންޑް ނައު ޔުއަރ ބްރަދާރ ހޭޒް ހިސް އޯން ޕާޓީ އެމްއެންޕީ. ރިޔާސީ އިންތިހާބުގައި ދެން ކާކަށް ސަޕޯޓްކުރާނީ؟"
ސޯސަލްގެ މި ސުވާލަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ އޭނާގެ މުޅި ވޯކިން ކެރިއާގައިވެސް މިހާ އިހްލާސްތެރިކޮށް ރައްޔިތުންނަށް ކަމެއް ކޮށްދޭނ ބޭނުންފުޅުވާ ރައީސެއް ފެނިފައި ނެތް ކަމަށެވެ. އެހެންކަމުން ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ހުންނާނީ ރައީސް ސޯލިހާއެކީގައިކަމުގައި އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައީސް ސޯލިހަކީ ގައުމަށް ވަރަށް އިހްލާސްތެރިކޮށް މަސައްކަތްކުރައްވާ ރައީސެއްކަމުގައި އާޒިމް ދެކެލައްވާކަމަށެވެ.
"އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރަން ރައީސް ރައްޔިތުންނަށް ކަންތައްތައް ކޮށްދެނީ ވަރަށް ކޮށްދޭ ހިތުންކަމާ އަދި ކޮންމެ ބަހެއް ވިދާޅުވަނީވެސް އެކަމެއް ހަމަ ކޮށްދިނުމުގެ ނިޔަތުގައިކަން، ކޮށްދޭން ބޭނުންފުޅުވާތީކަން" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މިހާތަނަށް އޭނާ އެމްޓީސީސީއާ ހަވާލުވިފަހުން މި ހިންގޭ ޕްރޮޖެކްޓްސްތައް އެންމެ ފުރިހަމަކޮށް އެންމެ ރަނގަޅަށް ރައްޔިތުން އެދޭގޮތަށް ނިންމައިދޭން ރައީސް ވިދާޅުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް