ދުވަހުގެ މޫސުން: މެންދުރުފަހު ކެރީގެ އަސަރު ކުރުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މެންދުރުފަހު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިހެން ބުނެފައ...

22 Sep 2022 | 01:25

ދުވަހުގެ މޫސުމަށް ބަލައިލާއިރު މެންދުރުފަހު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިހެން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ މި ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދުގެ ދުވަހުގެ ބޮޑުބައިގައި މޫސުން ރަނގަޅުވާނެއެވެ.

"ދެކުނުގެ ސަރަހައްދުގައި ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.

ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް ބުނެފައިވާއިރު ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް