ދުނިޔެ ހޫނުވަމުން ދިއުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ބަޔަކީ އަޅުގަނޑުމެން އިންސާނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ސޯލިހު ވިދާޅުވީ ދުނިޔެއަކީ އަބަދުވެސް އެކި ކަހަލަ ބަދަލުތައް އަންނަމުންދާ ތަނެއް ކަމަށާއި މިބަދަލުތައް އަންނަމުން ދިއުމާއެކުވެސް ދުނިޔެއަށް ބަރޯސާވާ ބަރޯސާވުން ނުހުއްޓުވޭނެ ކަމަށެވެ އަދި، މި ސަބަބަށްޓަކައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ބަޔޯޑައިވަރސިޓީ ރައްކާތެރި ކުރުމަށާއި އިޤްތިޞާދީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ތިމާވެއްޓާ އެއްކީލިގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށް ޢަމަލުކުރަމުން ގެންދިއުމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔެ ހޫނުވަމުން ދިއުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ބަޔަކީ އަޅުގަނޑުމެން އިންސާނުން ކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ކަންކަން ޙައްލުކޮށް، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ފޫބައްދަން މަސައްކަތްކުރުމަކީ ކޮންމެ އިންސާނެއްގެ ބޮލުގައިވެސް އެޅިފައިވާ މަސްޢޫލިއްޔަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް