ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލް އާސާރެއް ހަދައިދޭނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި

ހއ. އުތީމުގައި ހުންނަ ބޮޑު ތަކުުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލް އާސާރެއް ގާއިމު ކުރަން ސަރުކާރުން ނިންމައިފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ހެރިޓޭޖް އެންޑް އާޓްސް އި...

22 Sep 2021 | 17:52

ހއ. އުތީމުގައި ހުންނަ ބޮޑު ތަކުުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލް އާސާރެއް ގާއިމު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ހެރިޓޭޖް އެންޑް އާޓްސް އިން މިހާޜު ވަނީ އިއުލާނު ކޮށްފަ އެވެ.

މިއީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެ މިނިސްޓްރީން އިއުލާނު ކުރި ދެ ވަނަ ފަހަރެވެ ހެރިޓޭޖް މިނިސްޓްރީން ބުނީ ކުރިން މި ފުރުސަތު ހުޅުވާލައިގެން އިއުލާން ކުރުމުން ހުށައަޅަައިފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ ކުރީގެ އިއުލާން ބާތިލު ކޮށްފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ކޮށް ދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ހުޅުވަލާފައެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަކީ 19 ޖެނުއަރީ 1980 ގައި ބިންގާއެޅި، 6 ނޮވެމްބަރު 1986 ގައި މަސައްކަތް ނިންމާފައިވާ ފާހަގަ ކޮށްލެވޭ ރަމްޒީ ބިނާ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް