އެޑިޔުކޭޝަނުން އެމަޖެންސީ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައިފި

މިނިސްޓޮރީ އޮފް އެޑިޔުކޭޝަނުން އެމަޖެންސީ އެޑްވައިޒަރީ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފި އެވެ. މިއީ މިފަދަ ކޮމިޓީ އެއް އެކުލަވާ ލެވުނު ފުރަތަމަ ފަހަރެވެ. މި ކޮމިޓީގެ ބޭނުމަކީ ދަރިވަރުންގެ އި...

22 Sep 2021 | 17:38

މިނިސްޓޮރީ އޮފް އެޑިޔުކޭޝަނުން އެމަޖެންސީ އެޑްވައިޒަރީ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިއީ މިފަދަ ކޮމިޓީ އެއް އެކުލަވާ ލެވުނު ފުރަތަމަ ފަހަރެވެ. މި ކޮމިޓީގެ ބޭނުމަކީ ދަރިވަރުންގެ އިންސާނީ ކަރާމާތައް ބުރޫ އަރާފާނޭ ފަދަ ހާދިސާތަކާއި، ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއީ ސްކޫލުގެ މާޙައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެކުލަވާ ލެވުނު ކޮމިޓީއެކެވެ. މިގޮތުން އެކި އެކި އިމަރޖެންސީ ތަކާއި ޑިޒާސްޓަރގެ ޙާލަތްތަކަށް އިޖާބަދިނުމަށް އެޑިޔުކޭޝަން އަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު މި ކޮމިޓީއިން ފޯރު ކޮށްދޭނެ އެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ އެންވައިރޮންމެންޓު މިނިސްޓްރީ، ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ، ފިނޭންސް މިނިސްޓްރީ، މެޓް އޮފީސް، ލޯކަލް ގަވަމެންޓު އޮތޯރިޓީ، ފުލުހުން، އެޗްޕީއޭ،  ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ޖެންޑާ މިނިސްޓްރީ، އެމްއެންޑީއެފް، މޯލްޑިވްސް ރެޑު ކުރޮސެންޓް ޔުކޭޝަން އަދި ޔުނިސެފް ކަންޓްރީ އޮފީހުގެ އިތުރުން އެޑިޔުކޭޝަން ސެކްޓަރގެ ކަމާ ގުޅޭ ފަރާތްތައް ހިމެނޭ ގޮތަށެވެ.

މި ކޮމިޓީގެ ޗެއަކަން ކުރަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް