ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ ޖެޓް ސްކީ ޓުއަރގެ ޑިޖިޓަލް ޕާޓްނަރ ކަން އުރީދޫ އިން ނަގައިފި

ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ ޖެޓް ސްކީ ޓުއަރގެ ޑިޖިޓަލް ޕާޓްނަރ ކަން އުރީދޫ އިން ނަގައިފި އެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "ޖެޓްސްކީ ޓުއާރ 2021" 6 މީހުންނާ...

22 Sep 2021 | 17:08

ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ ޖެޓް ސްކީ ޓުއަރގެ ޑިޖިޓަލް ޕާޓްނަރ ކަން އުރީދޫ އިން ނަގައިފި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "ޖެޓްސްކީ ޓުއާރ 2021" 6 މީހުންނާއެކު މިއަދު ވަނީ ފަށާފަ އެވެ. ތަޖުރިބާ ހުރި 6 މީހުންނާއެކު އެ ދަތުރު ފަށައިފައިވަނީ ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނުން ނެވެ.

މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކޮށްފައިވާ މި ހަރަކާތް ކުރިއަށްދާނީ މިމަހުގެ 22 އިން 27 އަށެވެ. އަދި މި ދަތުރުގައި ކުޅުދުއްފުށި ސިޓީ އަދި ށ. ކޮމަންޑޫއަށް ވަނީ ގޮސްފަ އެވެ.

ޖެޓްސްކީ ދުއްވާ ބައިވެރިން 20 ރަށަކަށް ދަތުރުކޮށް ބައެއް ރަށްތަކުގައި ރޭގަނޑަށް މަޑުކުރުމަށް ނިންމާފައިވާ އިރު، ދަތުރު ކުރަން ހަަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުން ރަށަކަށެވެ.

މި ދަތުރުގައި ޖެޓް ސްކީގެ ޓީމު މާދަމާ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ރ. ރަސްމާދޫއަށެވެ.

ހއ. ތުރާކުނުން އައްޑޫ ސިޓީއަށް ކުރާ މި ދަތުރުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެމްއެންޑީއެފް ގެ ފަރާތުން ނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު 27 އެވެ.

https://twitter.com/OoredooMaldives/status/1440553208489791500

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް