ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ސްޓޭޑިއަމްގެ ހަތަރު އަނގޮޅު ކަންމަތިން ހިނގި މި އެކްސިޑެންޓަކީ ޖީއެން ސައިކަލަކާއި ސްކޫޕީއެއް ޖެހިގެން ހިނގައިދިޔަ އެކްސިޑެންޓެކެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ އަންހެނުންނަަށް ކަމަށާާއި އެ މީހުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުން އަންނަކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިހާމަކޮށްފައި ނުވިނަމަވެސް ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ނެވެ.
ތިނަދޫގައި މި ފަހަކަށް އައިސް އެކްސިޑެންޓުގެ ތަފާތު ހާދިސާތައް ހިނގަމުން އަންނައިރު، ފައިބެހަފްތާގެ ހޮނިހިރު ދުވަހުގެ ރޭގައި ވެސް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ދާދި އެއްވަގުތެއްގައި ހިގާފަ އެވެ.
ދެ ސައިކަލް ޖެހިގެން ހިނގި އެ ސެކްސިޑެންޓުގައި ސައިކަލްތަކަށް ބޮޑެތި ގެއްލުން ލިބި މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް