މަލް ހައްޔަރުކުރި އިރު، މަލް ގެ އަތުގަ އޮތް ކޮތަޅުގައި މަސްތުވާތަކެތި ހުރި: ދައުލަތުގެ ހެކިވެރިޔާ

ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ހައްޔަރުކުރި އިރު، މަލް ގެ އަތުގައި އޮތް ޖުށްޕެޓީ ކޮތަޅުގައި މަސްތުވާތަކެތި ހުރި ކަމަށް ދައުލަތުގެ ހެކިވެރިޔާ ބުނެފި އެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ...

22 Sep 2021 | 12:52

ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ހައްޔަރުކުރި އިރު، މަލް ގެ އަތުގައި އޮތް ޖުށްޕެޓީ ކޮތަޅުގައި މަސްތުވާތަކެތި ހުރި ކަމަށް ދައުލަތުގެ ހެކިވެރިޔާ ބުނެފި އެވެ.

2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިން ނެވެ.

މި މައްސަލައާއި ގުޅިގެން މިއަދު އޮތް އަޑު އެހުމުގައި ދައުލަތުން ހުށަހެޅި ހެކިވެރިޔާ ފުލުހުންގެ ފޮރެންސިކް އޮފިސަރު ފާތިމަތު ޝިމްޒާ ހަސަން ބުނެފައިވަނީ ފުލުހުންގެ ތަހުގީގަށް ނެގިފައިވަނީ ދެ ހެކި ކަމަށެވެ. އެއީ ޖޫސް ޕެޓީ ކޮތަޅާއި ސެލޯފިން ކަމަށެވެ.

އެ ދޭތި ވެސް ތަހުލީލުކުރިއިރު، ޖޫސް ޕެޓީ ކޮތަޅުން ޑައިމޯފިންގެ ބާވަތްތައް ތަހުލީލަށް ފެނިފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދައުލަތުގެ ހެކިވެރިޔާ މިފަދައިން ބުނުމުން ފުރަތަމަ ވެސް އެ ރިޕޯޓުގައި ހަމައެކަނި ބަރުދަނުގެ މައުލޫމާތުތަކެއް އޮތުމުން އެކަމާ މެދު، މަލްގެ ވަކީލްވަނީ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ.

އެ ސުވާލުތަކޔގެ ޖަވާބުގައި ދައުލަތުގެ ހެކިވެރިޔާ ބުނީ ފުލުހުން އަމަލު ކުރާ އެސްއޯޕީ ރިޕޯޓް ފޯމެޓްގައި އޮންނަނީ ހަމައެކަނި އެ މައުލޫމާތު އެކަނި ހިމަނަން ކަމަށެވެ. އެހެންވެ، އިތުރު ކަންކަން ރިޕޯޓުގައި ފާހަގަ ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"ވަފާތެރިކެހިވެރިޔާ" ފިލްމުން މަޝްހޫރުކަން ހޯދި ތަރި މަލް ވަނީ ބައެއް ލަވަތަކުންނާއި ޑްރާމާތަކުން ފެނި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

އެހެންނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފަ އެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް