ޅ. ހިންނަވަރު ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފަށުން ހާބާ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިފަ ވާކަމަށެވެ. އަދި ކެޕިންގ ބީމް މަސައްކަތްތައް ވެސް ވަނީ ނިމިފަ ކަމަށް ބުންޏެވެ.
އެމްޓީސީސީ އިން ހާމަ ކުރި ގޮތުގައި މި މަޝްރޫގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 މީޓަރު ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެ ކަމަށެވެ.
މީގެ އިތުރުން 123.9 މީޓަރު ސަރަޙައްދެއްގައި ބޭރުތޮށިލުމާއި ، އަދި 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 99.52 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް