ސަރުކާރުން ފައިސާ ލައިގެން ހިޔާ ފްލެޓުތަކުގެ އަގު 5،000ށް ކުޑަ ކުރެވޭނެ: ސަލީމް

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އަގު ކުޑަކުރަން ސަރުކާރުން އެހީވެދޭނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ކުލި ކުޑަކޮށްދޭން ގޮވ...

22 Sep 2021 | 12:09

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އަގު ކުޑަކުރަން ސަރުކާރުން އެހީވެދޭނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުލި ކުޑަކޮށްދޭން ގޮވާލައި "ހިޔާ ޔޫނިއަން" އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ޕެޓިޝަން ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އެވެ.

މިހާރު ހަމަޖައްސާފަ އޮތް އޮތް ކުލީގެ ގޮތުގައި7،500 ރުފިޔާ ފްލެޓަށް ދައްކަން ޖެހެ އެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި1،000 ރުފިޔާ ނަގާތީ ޖުމްލަ8.500 ފްލެޓު ކުލީގެ ގޮތުގައި ދައްކަން ޖެހެ އެވެ.

މިއަދު ކޮމިޓީގައި ސަލީމް ވިދާޅުވީ ހިޔާގެ މަޝްރޫއުގައި ހިޔާނަތް ނެތް ގޮތަކީ ނެތް ގޮތެއް ކަމަށެވެ. އެ އަދަދަކީ ސޯޝަލް ހައުސިން ޔުނިޓަށް ބޮޑު އަދަދެއްކަން ފާހަކުރައްވައި ސަލީމް ވިދާޅުވީ އެތަން އިމާރާތް ކޮށްފައިވަނީ ބޮޑު ރޭޓްގައި ކަމަށެވެ.

ސަލީމް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ދިނުމަށާއި ޖުމްލަ ކުލިން އެއް ލައްކަ ރުފިޔާ ކުޑަކޮށްދޭން ޖެހޭ ކަމަށެވެ. 5000 ރުފިޔާ އަށްވުރެ ބޮޑު ނުވާނެ ގޮތަކަށް ކުލި ކުޑަ ނުކުރެވެން އޮތީ ކޮން ހުރަހެއްތޯ ނުވަތަ ނުކުރެވެންވީ ކީއްވެތޯ އޭނާ ކޮމިޓީގައި ސުވާލު ކުރެއްވި އެވެ.

ސަލީމް ވިދާޅުވީ ހިޔާ ފްލެޓުތައް އިމާރާތް ކޮށްފައި ވަނީވެސް ރައޔިތުންގެ ފައިސާއިން ކަމަށާއި، އަނެއްކާ ރައްިޔތުން އެތަނަށް ވަންނަން މިޖެހެނީވެސް ފައިސާ ހަރަދު ކޮށްގެން ކަމަށެވެ. އެހެން ކަމުން އެކި ކަންކަން އަގުހެޔޮ ކުރުމަށް ޓަކައި، ސަރުކާރުން ހަ ބިލިއަން ރުފިޔާ އާ ގާތަށް ސަބްސިޑީ ދޭއިރު، ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

ހިޔާ ފްލެޓުތަކަށް ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް