ބާސެލޯނާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށާއި ބާސެލޯނާގެ ކަންކަން ގޯހުންގޯހަށް ދިޔައީ މެސީގެ ސަބަބުން ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
ކޫމަން ބުނީ ބާސެމޯނާއަކީ ހުރިހާ ގޮތަކުންވެސް ޔޫރަޕާއި ދުނިޔޭގެ ކުލަބު ފެންވަރުގައި އޮތް އެންމެ ވަރުގަދަ ބާރު ކަމަށާއި ނަމަވެސް އެ ކުލަބުގެ ހާލަތު މިހާރު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށެވެ.
މީގެ އިތުރުން ކޫމަން ބުނީ ބާސެލޯނާއަށް މި ހުރިހާ މައްސަލަތަކެއް ވެސް ކުރިމަތިވާން ފެށީ މެސީި ކުކަބު ދޫކޮށް ދިއުމުން ކަމަށެވެ. އަދި މެސީ ކުލަބު ދޫކޮށް ދިޔަފަހުން ކުކަބުގައި އެއްވެސް އުންމީދެއް ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
" ކުލަބަށް މިހާރު ދިވާވެފައިވާ މައްސަލަތައް ހައްލުކުރުމަކީ އުނދަގޫ ކަމެއް. ކުލަބު މިހާލަތައް ވެއްޓެން ދިމާވީ މެސީގެ ސަބަބުން. މެސީ ކުލަބު ދޫކޮށް ދިޔަފަހުން. ހަޤީޤަތައް ބުނާނަމަ ކުލަބުގައި މިހާރު އެއްވެސް ދިރުމެއް ނެތް. ބާސާ ކޯޗު ކޫމަން ބުންޏެވެ.
އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުގައި ޖަރުމަންގެ ބަޔާން އަތު 0-3 ގެ ނަތީޖާއިން ބާސެލޯނާ ބަލިވި މެޗަށް ފަހު ކޫމަންއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެކުލަބުގެ ކޯޗުކަމުން ވެސް އޭނާ ވަކިކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ކޫމަންގެ ބަދަލު ބާސެލޯނާއަށް ގެންނާނެ ކޯޗަކާއި މެދު ކުލަބުން މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ.
ސްޕެއިންގެ ބާސެލޯނާއަކީ ސްޕެއިންނާއި ޔޫރަޕުގެ އެންމެ ވަރުގަދަ އެއްބާރެވެ. އެހެން ނަނަވެސް ވޭތުވެ ދިޔަ ދެއަހަރެއްގެތެރޭ ބާސެލޯނާގެ ހާލަތު ވަނީ މީގެކުރިން ނުދާވަރަށް ދަށަށް ގޮސްފައެވެ.
އެގޮތުން ވޭތުވެ ދިޔަ ދެ ސީޒަނުގައިވެސް ބާސެލޯނާއަށް ޔޫރަޕް ފެންވަރުގައިވެސް އަދި ސްޕެނިޝް ލީގުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދިފައި ނުވެއެވެ.
ބާސެލޯނާއިން މިފަހަރުގެ ސީޒަނާއި ކުރިމަތިލީ ވޭތުވެ ދިޔަ 21 ވަރަކަށް އަހަރު ދުވަހު އެ ޓީމުގެ މައި ތަނބުގެ ގޮތުގައި ބެލެވުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއި ނުލައެވެ.
މިފަހަރުގެ ސީޒަނުގައި މެސީ ވަނީ ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް