ލޮނުޒިޔާރަތް މަގުގައި ހުންނަ ބޫޓު ވިއްކާ ފިހާރައެއްގައި އަލިފާން ރޯވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ "ހަވާއީ ފުޓްވެއާރ" ނަމަކަށް ކިޔާ ފަިހާރައިގަ އެވެ.
އެ ފިހާރައިގާ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ އިރު، އަލިފާން ރޯވެފައިވަނީ އެ ފިހާރައިގެ މަތީގައި ކުޑަ ޓެރަސްކޮޅެއް ގައެވެ.
މި ހާދިސާގައި އެ ފިހާރައަށް އެއްވެސް ގެއްލުމެއް އަދި އެއްވެސް މީހަކަށް ވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު މިހައިތަނަށް ލިބިފައެއް ނުވެ އެެވ.
އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަމުން އަންނަ އިރު، އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް