ނަން މަޝްހޫރު ބިގް ބޮސް ތަމަޅަ މުބާރާތުގެ 5 ވަނަ ސީސަން އަކަށްދަނީ ތައްޔާރުވަމުންނެވެ.
ވިޖޭ ޓެލެވިޒަންގައި ޕްރިމިއާ ކުރާ މި ޝޯރ ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 3 ވާ އާދިއްތަ ދުވަހު ރާއްޖެގަނޑިން ހަވީރު 6:00 ގައެވެ. މި ޝޯގެ ބައިވެރިންގެ ގޮތުގައި ހޮވިފައިވާ މީހުން މިހާރު ތިބީ އެމީހުންގެ ދެ ހަފްތާ ކަރަންޓީނުގައެވެ. އަދި ޝޯ ފެށުމުގެ ކުރިން މި ކަރަންޓީން ނިމި އެ މީހުން ޓެސްޓްކުރެވި ނަތީޖާވެސް ލިބިގެންދާނެ ކަމަށްވެއެވެ.
މީގެ ހަފްތާތަކެއް ކުރިން ވިޖޭ ޓެލެވިޒަންއިން ކަމަލް ހާސަން ގެނެސްދޭ "ބިގް ބޮސް ޓަމިލް ސީސަން 5" ގެ ޕްރޮމޯޝަން މީސްމީޑިއާގައި ވަނީ ފަށާފައެވެ. އެ ޓީވީ ޗެނަލްގެ އޮފިޝަލް ޓްވިޓާ އެކައުންޓަގައި ސެޕްޓެމްބަރ 20 ގައި ވަނީ މި ހަބަރު އެމީހުންގެ ބެލުންތެރިންނާއި ހިއްސާކޮއްފައެވެ.
ދިރިއުޅުމުގެ ބުރަ ކަމާއި ހާސްކަމުގައި އުޅެފައި ލިބޭ ވަގުތުގައި މުނިފޫހިފިލުވާލުމަށްޓަކައި ގިނަ ބައެއްގެ ތަރުހީބު މި ޝޯރ އަށް ވަނީ ލިބިފައެވެ.
މި ޝޯރ އިން ފެނިގެންދާނެކަމަށް ލަފާ ކުރެވޭ ބައެއް ބައިވެރިންގެ ތެރޭގައި 'ކޫކު ވިތް ކޮމަލި' އިން އެއްވަނަ ނެގި ކަނި، ޖީ.ޕީ. މުތު، ޕްރިޔަންކާ ޑެޝްޕަންޑީ، ސުނިތާ ގޮގޯއި އަދި މިލާ ހިމެނެއެވެ. މި ޝޯރ އެކުލަވައިލާ ހިންގާ މީހުންދަނީ ޙާއްސަ އިފްތިތާހެއް ކުރުމުގެ ތައްޔާރީތައް ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް