(ސައޫދީ އަރަބިޢާ، ރިޔާދް) ސައުދީ އަރަބިއްޔާގެ ނޭޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމް (އެން.ޑީ.ޓީ.ޕީ.) ގެ ފަރާތުން ޓެކް ރިސާޗް ޗެލެންޖްއެއް ވަނީ އިފްތިތާހު ކޮއްފައެވެ. މިއީ އައު ހިޔާލުތަކާއި އުފެއްދުންތެރިކަމަށް މަގުފަހި ކޮއްދިނުމުގެ ގޮތުން ހުޅުވާލެވިގެން ގެންދާ މިފަދަ ދެވަނަ ޕްރޮގްރާމްއެވެ.
ސައުދީ ވިޝަން 2030 ގެ ދަށުން ހިންގާ މި ޕްރޮގްރާމްއަކީ އިންފޯމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ހާއްސަކޮށް އުފެއްދުންތެރިކަމާއި އުނގަންނައިދިނުން ކުރިއަރުވައިދިނުމުގެ ބޭނުމުގައި ކުރިޔަށް މިގެންދާ ޕްރޮގްރާމްގެ ސަބަބުން މަތީތައުލީމީ ޔުނިވާރސިޓީތަކާއި ރީސަރޗް ސެންޓަރ ތަކުގެ މެދުގައިވެސް އިތުރަށް ގުޅުން ބަދަހިވެގެންދާނެއެވެ.
ސައުދީ ރަސްގެފާނު އަބްދުލްއަޒީޒް ސިޓީ ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ ވަނީ މި ޕްރޮގްރާމްގެ އުފެއްދުންތެރި އަދި ކުރިއެރުވުމުގެ ހިޔާލުގެ ސަބަބުން މި ޕްރޮގްރާމްގެ ސްޓެރެޓެޖިކް ބައިވެރިއަކަށް ވުމަށް ވިސްނަމުންދާކަމަށް ވެސް ބުނެފައެވެ.
މި އިސްނެގުމުގެ ދަށުން ގިނަ މަތީތައުލީމީ ޔުނިވަރސިޓީ، ރީސަރޗް ސެންޓަރ އަދި ގިނަ ޓެކްނޮލޮޖީގެ މަތީފަންތީގައި އުޅޭ ކުންފުނިތަކެއް އެއްތަނަކަށް ގެނެސްދީ މިދާއިރާގައި އުސްކޮށް ހަރަކާތްތެރިވާ ފަންނީމީހުންނާއި، ޓީޗަރުން، ރިސަރޗަރުން އަދި ދަރިވަރުން އެއްތަނަކުން ބައްދަލުވެލުމަށް މަގުފަހިކޮށްދެއެވެ. މިފަދަ ކަމަކުން ގިނަ މީހުންގެ ހިޔާލާއި ވިސްނުން ބަދަހިވެ، އައު ޙިޔާލުތަކާއި އުފެއްދުންތަކަށް މަގުފަހިވެގެން ދާނެއެވެ.
ސައޫދީ ޢަރަބިޢާ ދަނީ އެމީހުންގެ ގިނަ މަޝްރޫޢުތަކެއް މި ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމުގެ ބޭނުމުގައި ހިންގަމުންނެވެ. މި އިފްތިތާހް ކުރެވުން މަޝްރޫއުއަކީ ވެސް މިފަދައިން ޓެކްނޮލޮޖީގެ ސިނާއަތް ކުރިއަރުވާ އެ ދާއިރާތަކުގެ އަމިއްލަ ކުންފުނިތަކާއި ގިނަ މަތީތައުލީމީ މަރުކަޒުތަކާއި މެދު ގުޅުންބަދަހިކޮށް އައު މަޝްރޫއުތައް އުފެއްދުމުގެ ރޫހު އާލާކުރުމުގެ ބޭނުމުގައި ހިންގޭ ޕްރޮގްރާމްއެކެވެ.
އަހަރަކު ތިން ޗެލެންޖް ހިމެނޭގޮތަށް ކޮންމެ ސެމެސްޓަރ އެއް ފެށުމުގައި އައު ޗެލެންޖެއް އިއުލާނުކުރުމުގެ ނިޔަތުގައި ހިންގާ މި ޗެލެންޖްއަކީ ޓެކްނޮލޮޖީ ކުންފުނިތަކުގެ ކޮންމެ އަހަރެއްގެ އެކެއް ނޫނީ ދެ ސެމެސްޓަރ އެއް ނިމޭ އިރު އެބައެއްގެ ފަރާތުން ޕްރޮޖެކްޓް ނިންމާ ހުށަހަޅަން ޖެހޭގޮތައް ފަރުމާ ކޮއްފައިވާ ޗެލެންޖްއެކެވެ.
މީގެ އިތުރުން، މި ޗެލެންޖްގެ މައި މަގުސަދަކީ ކިޔަވާކުދިންނާއި ރީސާޗަރުންގެ މެދުގައި ގިނަ ޙިޔާލުތަކެއް ބަދަހި ކުރުން ކަމުގައިވާތީ މި ޗެލެންޖްތަކުގައި ދަރިވަރުންގެ ޓީމްއެއް ހަމަޖައްސައި މި ޓީމްގެ ދަށުން ހުށަހަޅާ ޕްރޮޖެކްޓަކީ ދަރިވަރުގެ ރީސާޗް ޕްރޮޖެކްޓް ކަމުގައިވެސް ހިމެނޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް