މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އެތައް ރަށެއްގެ ރައްޔިތުން ތިބީ ނަޖިސް ފެނުން ފެންވަރައި ނުހަނު ހިތްދަތި ހާލަތެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ފިއްޓެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ފެލިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ފުލިދޫ ރަށްގިރުގެ މައްސަލައިގެ ޤަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ޤަރާރު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ވިދާޅުވީ ވ.ފެލިދޫ އާދަޔާއި ޚިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އިޤްތިޞާދީ ގެއްލުންތަކާއި، ނޭދޭވެ އަސަރުތައް ކުރަމުންދާކަމަށެވެ. މިކަމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓި، ފެލިދޫ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވެފައިވާކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ.
ބަހުސްގައި ފިއްޓެ ވިދާޅުވީ ސިޔާސީ ގޮތުން ވަކި މަޤްސަދެއް ހާސިލްކުރުމަށް މައްސަލަ ހުށަހަޅުއްވާއިރުވެސް ކަމުގެ ހަގީގަތް ގަބޫލު ކުރަންޖެހޭކަމަށެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އެތައް ރަށެއްގެ ރައްޔިތުން ތިބީ ނަޖިސް ފެނުން ފެންވަރައި ނުހަނު ހިތްދަތި ހާލަތެއްގައި ކަމަށެވެ.
ފިއްޓެ ވިދާޅުވީ ފެލިދުއާއި، ފުލިދޫގެ ރަށްގިރުމުގެ މައްސަލަ ދިމާވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ނޫންކަން އެދާއިރާގެ ރައްޔިތުންވެސް ގަބޫލު ކުރާކަމަށާއި، އެރަށްތަކަށް ސަރުކާރުތަކުން ވެފައިވާ އިހުލާމުތަކަށް އިޖާބަ ދެމުންދަނީ މިސަރުކާރުންކަމަށެވެ. ޒިޔާދު ވިދާޅުވީ ޒަމާނުއްސުރެއް ރާއްޖޭގައި އޮތް ތަފާތުކުރުން ނައްތާލައި، ކުޑަރަށެއް ބޮޑު ރަށެއް، އަދި އާބާދީގެ ފަރަގަކަށް ބެލުމެއްނެތި މިސަރުކާރުން ކޮށްދެމުންދާ މަސައްކަތް އަތޮޅުތެރޭގެ ކޮންމެ ރަށަކުންވެސް ފެންނާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް