ގއ. ވިލިނގިލި އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މޮނިޓަރިންގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިވަގުތު އެ ރަށުގައި ކޯވިޑް ޖެހިފަތިބި 23 މީހުން އެބަތިއްބެވެ. ޖުމްލަ މި ފަހުން 33 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް ބުނެ އެވެ.
އެ ހޮސްޕިޓަލުބް ބުނީ މިހާރުގެ ކޯވިޑްގެ ހާލަތު ދެނެގަނެ ރަށް މޮނިޓަރިންއިން ނެގުމަށް ބޭނުންވާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ރަށުގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ ކަމަށެވެ.
ކޯވިޑް ފެތުރޭތީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 17 ރަށެކެވެ.
އޭގެ ތެރެއިން އަދިވެސް އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ރަށަކީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންއަށްލީ މިދިޔަ މެއި 25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް