ޝުޖާއު ވިދާޅުވަނީ ފިޔަވަތި މައްސަލައިގެ ތެެރެއަށް އަފްޝަން ވަނީމާ ހަޑި ވާނެ ކަމަށް!

ފިޔަވަތީގެ މަސްއޫލުވެރި ފަރާތްތަކުން ބަލަންޖެހޭ ކަންކަން ނުބަލައި، އެތަން ހިތަކަށް ދޫކޮށްލުމުން ދިމާވި ކަންކަން ހައްލު ކުރަން ކުރި މަސައްކަތް ބަލަން އެލީޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނުމުން އިތުރަށް...

22 Sep 2021 | 07:22

ފިޔަވަތީގެ މަސްއޫލުވެރި ފަރާތްތަކުން ބަލަންޖެހޭ ކަންކަން ނުބަލައި، އެތަން ހިތަކަށް ދޫކޮށްލުމުން ދިމާވި ކަންކަން ހައްލު ކުރަން ކުރި މަސައްކަތް ބަލަން އެލީޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނުމުން އިތުރަށް ހަޑިވާނީ އެމްޑީޕީ ސަރުކާރު ކަމަށް ހުޅުމާލެ ދައިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުން ހިނގި ވަގުތު އެތަނުގެ ތެރެއަށް މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަން މައްސަލައިގައި ލިޔުމުން ޖަވާބުދާރީވާން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އަންގާފައެވެ. ޝުޖާ ވިދާޅުވީ އޭނާގެ މައްސަލަ އެލްޖީއޭ ތެރެއިން ބަލަން އުޅުމުން ހަޑިވާނީ މިސަރުކާރުކަމަށެވެ. ނާގާބިލް ވެރިން ލައިގެން ކަންކަން ނުވުމުން އެހެން މީހުން ގޯސްކުރަން އުޅުމަކީ ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫންކަމަށެވެ.

"ފިޔަވަތި ހަޑީގެ ތެރެއަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީމަ އިތުރަށް ހަޑިވާނީ އެމްޑީޕީ ސަރުކާރު. ޖެންޑާ މިނިސްޓަރ އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި. މިކަން މިނިސްޓަރ އިމްރާން ހެކިވާނެ. ނާގާބިލު ވެރިއެއް އެތަނަށް ލައްވައިގެން މުޅި މަރުކަޒު ވަނީ މުޑުދާރު ކޮށްފަ." ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިވަތީގައި ކުދިން ބެލުމުގެ ކަންކަން ބޮއްސުން ލާފައިވާކަމަށެވެ. ފިޔަވަތީގެ ހާލަތު ގޯސްވެ އެކަން ބެލުމަށް ރައްޔިތުން އެދުމުން އެތަނަށް ހުޅުމާލޭ ކައުންސިލަރު ދިއުމަކީ މައްސަލައަކަށް ވާންވީ އެއްވެސް ގޮތެއް ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ.

އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ސޮއި ކުރައްވައި، ޝުޖާއުއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ދިރިއުޅެމުންދާ ފިޔަވަތި މަރުކަޒުގައި މި މަހުގެ 17 ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ދިރާސާ ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ހާދިސާ ހިނގި ވަގުތު މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ސުޖާއު އެ ސަރަހައްދަށާއި އެ މަރުކަޒަށް ވަދެފައިވާ ކަމަށެވެ. އަދި އެ ތަނުގައި ތިބި ކުދިންނާ ވާހަކަ ދައްކާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ސަރަހައްދަށް އާއްމު ފަރާތްތައް ވެއްދުމުގައި ޝުޖާއު އެހީތެރިވެދީފައިވާ ކަމުގެ މައުލޫމާތު އެ ކޮމިޓީއަށް ލިބިފައިވާތީ އެ މައްސަލަ އެލްޖީއޭ އިން ބަލައިދިނުމަށް، ރައްޔިތުންގެ މަޖިލީހުން އެދިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް