ޖާބިރުގެ ތުހުމަތެއް: މަތިވެރީގައި ތިބީ އައިއެސްއައިއެސް އަށް ނިސްބަތްވާ ބައެއް

އއ. މަތިވެރީގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތް، އައިއެސްއައިއެސް އަށް ނިސްބަތްވާ ބައެއްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރައްވައިފި އެވެ. މެމްބަރު ޖާބިރު މި މ...

22 Sep 2021 | 06:50

އއ. މަތިވެރީގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތް، އައިއެސްއައިއެސް އަށް ނިސްބަތްވާ ބައެއްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރައްވައިފި އެވެ.

މެމްބަރު ޖާބިރު މި މޭރުމުން ތުުމަތެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ނެވެ. އަދި މި މޭރުމުން ވާހަކަ ދެއްކެވީ މަތިވެރި އަށް ޖާބިރު ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރަން ފެށުމާއެކު ފުލުހުންގެ ހިމާޔަތުގެ ދަށަށް ދާންޖެހުމުން ނެވެ.

ޖާބިރު ވިދާޅުވީ މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރަނގަޅު ނޫން ކަމަށެވެ.

"މަތިވެރިން ތަޅައިގަތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގައިގަ. މަތިވެރީގެ ރައްޔިތުންނަށް އިނގެންވާނެ އެރަށަކީ ވަރަށް ކުޑަކުޑަ އާބާދީއެއް އޮތް ރަށެއްކަން. އެރަށުގެ އެންމެބޮޑު މުއްސަނދި މީހަކީ މި އަބްދުﷲ ޖާބިރުކަން." ޖާބިރު ވިދާޅުވި އެވެ.

މަތިވެރިއަށް ޖާބިރު ރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ޖާބިރާ ދެކޮޅަށް އިހުތިޖާޖުކޮށް ޖާބިރު ރަށުން ބޭލުމަށް ގޮވާލާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރާ ދެކޮޅަށް އެރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށްފައިވަނީ އެ ރަށުގައި ޖާބިރު ހިންގާ ގެސްޓްހައުސްގެ ބިމު ކުލި ކައުންސިލަށް ނުދައްކާ އަދި އެތަނުގައި މަސައްކަތްކުރާ އެރަށު ރައްޔިތުންގެ މުސާރަ ނުދޭ މައްސަލައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް