ރަށްތަކުގެ ތަރައްޤީގެ ކަންކަން ކުރަމުންދަނީ އިންސާފުން ނޫން- ސަރުކާރުގެ ވެރިން ނަމޫނާ ދައްކަވާ: މޯޑު

ރަށްތަކުގެ ތަރައްޤީގެ ކަންކަން ކުރަމުންދަނީ އިންސާފުން ނޫން ކަމަށާއި ސަރުކާރުގެ ވެރިން ނަމޫނާ ދެއްކެވުމަށް ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު (މޯޑު) ވިދާޅުވެއްޖެ އެވެ. އޭނާ މި...

22 Sep 2021 | 06:29

ރަށްތަކުގެ ތަރައްޤީގެ ކަންކަން ކުރަމުންދަނީ އިންސާފުން ނޫން ކަމަށާއި ސަރުކާރުގެ ވެރިން ނަމޫނާ ދެއްކެވުމަށް ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު (މޯޑު) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ފެލިދޫ ރަށްގިރުމުގެ މައްސަލައިގެ ޤަރާރަށް ބަހުސް ކުރައްވަމުން ނެވެ.

އިންސާފުގެ ވާހަކަ ވެރިން ދައްކަވާއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު ނާއްސަވައި ވެފައިވާ ވައުދުތައް ނުފައްދަވައި، ޚާއްސަކޮށް ބަޖެޓް ކުރެވިފައިވާ ކަންކަން ނުކުރެވި ރައްޔިތުންގެ ތާއީދެއް ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ވެލިދޫ ދާއިރާއަށްވެސް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ކަންކަން ނުވެ ދައުރު ނިމިގެންދަނީ. ބަޖެޓުގައި ކަންކަން ޖަހައި ނުފުއްދޭތީ ރައްޔިތުން ނުހަނު ކަންބޮޑުވޭ. ފޮއްދޫގެ ހާލަތުވެސް އޮތީ ވަރަށް ކަންބޮޑުވާ ހާލަތެއްގަ." އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ވެލިދޫ މަގު ހެދުމާއި، ސްކޫލުގެ 4 ބުރީގެ އިމާރާތެއް ވެސް ބަޖެޓް ކޮށްފައިވާ ކަމަށެވެ.

"ހޮސްޕިޓަލެއް އެއީ ރައީސްގެ ވައުދެއް. ނަމަވެސް ދައުރު ނިމިގެންދާއިރުވެސް އެކަން ކުރެވޭ ތަނެއް ނުފެނޭ." މޯޑު ވިދާޅުވި އެވެ.

ޚާއްސަކޮށް ރައީސް ވެފައިވާ ވައުދުތައް ފުއްދުމަށް ވަޒީރުން އެއްވެސް މަސައްކަތެއް ނުކުރައްވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް