ފުލުހުން ބަންދުކުރި ޑްރަގު ކެފޭތައް އަނެއްކާ ވެސް އެކްޓިވްވާން ފަށައިފި އެވެ.
ރާއްޖޭގައި ޚާއްސަކޮށް މާލޭގައި "ކެފޭ އުސޫލުން" ތަންތަން ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ވިއްސަކަށް ގެ މާލޭގައި ހުންނަކަމަށް ފުލުހުން ވަނީ މިގެކުރިން ހާމަކޮށްފަ އެވެ.
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރުމަށް ވަކި ވަކި ކޮޓަރިތައް ދޫކޮށްގެން ގޭގެ އެ ވިޔަފާރި ކުރަނީ ދަގަނޑު ދޮރުލައި ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްގެން ނެވެ. އަދި މުޅި އެ ސަރަހައްދުކަހަލަ ގޮތަކަށް ސިކިއުރިޓީ ބެލެހެއްޓުމަށް އެމީހުންގެ ފޯސް އެކި ތަންތަނުގައި ތިބެއެެވެ.
މިކަން މިހެން އޮތް ނަމަވެސް ފުލުހުން ވެސް އަންނަނީ މިފަދަ ކަންކަން ހުއްޓުވައި، ޢާންމު ރައްޔިތުން މިވަބާއިން ސަލާމަތްކޮށްދިނުމަށް ގިނަގުނަ މަސއްކަތްތަކެއް ކުރައްވަމުން ނެވެ.
އެގޮތުން މާލޭގައި "ކެފޭ އުސޫލުން" މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަންދުކޮށް އެތަންތަނުގައި 24 ގަޑި އިރު ފުލުހުން ފޯރިއަށް ބައިތިއްބަން ވަނީ ފަށާފަ އެވެ. ނަމަވެސް އެކަމުގައި ފުލުހުން އަމަލުކުރަން ފެށިތާ މަހެއްވެސް ނުވެ އުޅެނިކޮށް އަނެއްކާ ވެސް މިފެންނަނީ އެއްކަލަ ކެފޭތައް ކައިރީގައި އެ ވިޔަފާރިކުރާ ފަރާތްތަކުން "ރުކުރުވާލާފައިވާ" މަންޒަރެވެ.
މިކަމުގައި އުފެދޭ ސުވާލަކީ "އެފަދަ ތަންތަން ބަންދުކޮށް24 ގަޑި އިރު، ފޯރިއަށް ތިބުން ނިމުމަކަށް ގެނައީ ތޯ؟' އެވެ. ނުވަތަ މިގޮތަށް ފޯރިމަރާނީ ވަކި ދުވަހެއް ވަންދެން ތޯ އެވެ.
މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޕޮލިސް މީޑިއާ ގްރޫޕުގައި ދުވަސްއެމްވީ އިން ދެންނެވުމުން އަދިމިހާތަނަށް އޭގެ ޖަވާބެއް ލިބިފައެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް