ހެނދުނުގެ ނާސްތާގައި މާ ގިނައިން ހަކުރު އެކުލެވޭ ފޮނި ބާވަތްތައް ބޭނުންކުރުން ރަނގަޅެއް ނޫން

އުފެއްދުންތެރި ދުވަހެއްގެ ފެށުމަށް ހެނދުނުގެ ނާސްތާއަކީ ހަމަ ކޮންމެހެން ބޭނުންވާނެ އެއްޗެކެވެ. ހެނދުނުގެ ނާސްތާ އާއި ނުލާ ދުވަސް ފަށާނަމަ އެ ދުވަހެއްގައި މާ ބުރަދަން ހުރި މަސައްކަތެއް ނުވަތަ ކަމެއް ކު...

22 Sep 2021 | 04:55

އުފެއްދުންތެރި ދުވަހެއްގެ ފެށުމަށް ހެނދުނުގެ ނާސްތާއަކީ ހަމަ ކޮންމެހެން ބޭނުންވާނެ އެއްޗެކެވެ. ހެނދުނުގެ ނާސްތާ އާއި ނުލާ ދުވަސް ފަށާނަމަ އެ ދުވަހެއްގައި މާ ބުރަދަން ހުރި މަސައްކަތެއް ނުވަތަ ކަމެއް ކުރެވިދާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން ހެނދުނުގެ ނާސްތާ ކުރުން ވެގެން މިދަނީ ވަރަށް މުހިންމު ކަމަށެވެ.

ހަޤީޤަތުގައިވެސް ހެނދުނުގެ ނާސްތާއަކީ ދުވަސް ފެށުމަށް ޓަކައި ވަރަށް މުހިިންމު އެއްޗެކެވެ. ހަމަ އެއާއި އެކު ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ޓަކައި ވެސް ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ. އެހެން ކަމުން ދުވަހުގެ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކެއުމަކީ ވެސް ހެނދުނުގެ ނާސްތާ އެވެ.

ކަން މިހެން ހުރިނަމަވެސް ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާގައި މާ ގިނައިން ފޮނިކަން ގަދަ ހަކުރު އެކުލެވޭ ބާވްތައް ހިމެނުން ރަނގަޅެއް ނޫނެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި މާ ގިނައިން ހަކުރު ހުންނަ ފޮނިކަން ގަދަ ކާތަކެތި ބޭނުން ކުރުމުން ދުރުވާން ޖެހެއެވެ.

ދިރާސާތަކުން ދައްކާ ވާގޮތުގައި ހެނދުނުގެ ނާސްތާގައި މާ ގިނައިން ހަކުރު އެކުލެވޭ ފޮނިކާތަކެތި ހިމަނާނަމަ އެކަމުގެ ސަބަބުން ހަކުރުބަލި ފަދަ ބަލިތައް ޖެހުން ގާތެވެ. ހެނދުނުގެ ނާސްތާއަށް ބޭނުން ކުރުން ރަނގަޅު ނޫން ބައެއް ބާވަތްތަކައް ވެސް މި ދިރާސާގައި ބަލާލާފައިވެއެވެ.

ކްރަމްޕީ

ކްރަމްޕީ އަކީ ވެސް ޕާނާ ޖަހައިގެން އާންމުކޮށް ބޭނުން ކޮށް އުޅޭ ބަވަތެކެވެ. ނަމަވެސް ކްރަމްޕީ އަކީ އޭގައި ގިނައިން ހަކުރު އެކުވޭ ބާވަތަކަށް ވާތީ ކްރަމްޕީ ހެނދުނުގެ ނާސްތާއަށް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.

ހަކުރު އެކުލެވިގެންވާ ސީރިއަލް.

ބައެއް ވައްތަރުގެ ސީރިއަލް ގައި އަނގައަށް މީރު ކޮށްލުމުގެ ގޮތުން ހަކުރު އެއްކޮށްފައި ހުރެއެވެ. މިފަދަ ހަކުރަކީ ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅު ނޫން އެއްޗެކެވެ. އެންމެ ރަނގަޅު ގޮތަކީ މި ބާވަތުގެ ސީރިއަލް ގެ ބަދަލުގައި ހަކުރު އެކުލެވިގެން  ނުވާ ފައިބަރ އާއި ޕްރޮޓީން އެކުލެވިގެންވާ ސީރިއަލް އެއް ބޭނުން ކުރުމެވެ. ވޯލްނަޓަކީ މިގޮތުން ބަލާއިރު އެއާ ވާދަ ނުކުރެވޭނެ ދެވަނަ އެއްޗެއް ނެތް ވަރުގެ މޮޅު ކާނާ އެކެވެ.

ޕޭން ކޭކް (ފޮނި ފޮޅި)

ބާޒާރުގައި ވަރަށް ގިނަ ވައްތަރުގެ މެޕްލް ސިރަޕް ވިއްކަން ހުރެއެވެ. ޕޭން ކޭކު ގައި އާއްމު ކޮސް މި ސިރަޕް ބޭނުން ކުރިއަސް އަދި މެޕްލް ސިރަޕް އަކީ ރަނގަޅު އެއްޗެއް ނަމަވެސް ކޮންމެ މެޕްލް ސިރަޕް އަކީ އަސްލެއް ނޫނެވެ. އޭގެ އިތުރުން މި ފޮޅީގައި ފުދޭ ވަރަށް ވުރެ އިތުރަށް ވެސް ހަކުރު ބޭނުން ކޮށްފައި ހުރުމާއެކު ޕޭން ކޭކު ނުވަތަ މި ވައްތަރުގެ ފޮޅިއަކީ ވެސް ހެނދުނުގެ ސަޔަށް ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ.

ޕޭސްޓްރީ އާއި ޑޯނަޓްގެ ވައްތަރު ތައް.

ހަކުރާއި އާދައިގެ ފުށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްގެން ހަދާފައި ހުންނަ މި ތަކެތީގައި ވެސް ގިނަ އަދަދަކަށް ހަކުރު އެކުލެވިގެން ވެއެވެ. ހަކުރަކީ ހެނދުނުގެ ސައިގައި ވަރަށް މަދުންނޫނީ ބޭނުން ކޮށްގެން ނުވާނެ އެއްޗެކެވެ. ސަބަބަކީ މި ގަޑީގައި ހަކުރު ބޭނުންކުރާނަމަ ލޭ ގައި ހަކުރު އެކުލެވޭ މިންވަރު އިތުރު ވާތީއެވެ. ގިނަ ސިއްހީ އިރުޝާދު ދޭމީހުން ގަބޫލު ކުރާ ގޮތުގައި ހަކުރާ ކެންސަރަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ބައްޔެވެ.

ވީމާ ހެނދުނުގެ ނާސްތާ ބޭނުން ކުރާއިރު މި ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް