އައްޑޫ ސިޓީގައި ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ދެންމެ ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނަކު ...

22 Sep 2021 | 04:47

އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާކަމުގެ މައުލޫމާތު އެދުވަހުގެ މެންދުރު 12:08 ހާއިރު ލިބުނު ކަމަށެވެ.

"އަނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް، އެމީހާއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން" ފުލުހުން އެދުވަހު ބުނެފައިވެއެވެ.

އެ ޒުވާނާގެ ހާލު އެހާ ރަނގަޅު ނޫންކަމަށް އެދުވަހު މީޑިއާތަކަށް މައުލޫމާތު ލިބުނެވެ. ނަމަވެސް މިހާރުގެ ހާލަތު އަދި ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް